އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ޑައިމަންޑް ޖުބުލީ ފެއަރ ގެ މޭޒު ދޫކުރުން

  1. މި ސްކޫލްގެ ޑައިމަންޑް ޖުބުލީ ފެއަރ ގެ މޭޒު ދޫކުރުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު އަމީނިއްޔާ ސްކޫލުގެ މިހާރުގެ ބެލެނިވެރިން ނަށާއި އަމީނިއްޔާ  ސްކޫލުގެ އިސް ދަރިވަރުންނަށް ހުޅުވާލަމެވެ. މޭޒެއްގެ އަގަކީ 500.00 ރުފިޔާ (ފައްސަތޭކަ) އެވެ.

 

  1. މޭޒު ނެންގެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 މާރިޗު  18 އިން 2019  މާރިޗު  26 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13.00 އަށް މިސްކޫލަށް ވަޑައިގެން 500.00 ރުފިޔާ ދެއްކެވުމަށް ފަހު އެޕްލިކޭޝަން ފޯމު ހުށައެޅުއްވުން އެދެމެވެ.

 

  1. މި ފެއަރ އޮންނާނީ 12 އެޕްރީލް 2019 ވާ ހުކުރު ދުވަހުގެ ހަވީރު 4.00 ން އެރޭގެ 11.30 ށް ލިލީމަގާއި އަމީނިއްޔާ ސްކޫލު ގޯތިތެރޭގަ އެވެ.

 

  1. ނަންގަވާ މޭޒުން އިމްޕޯރޓު މުދާ ވިއްކާނަމަ، މޭޒު ހިފާފަރާތަކީ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރާ އިމްޕޯރޓު މުދާ ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކަށް ވާން ވާނެއެވެ.

 

 

  1. ފެއަރ އާއި ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2019 އެޕްރީލް 1 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  2. އެޕްލިކޭޝަން ފޯމު މި އިއުލާނާއެކު އެޓޭޗު ކުރެވިފައި ވާނެއެވެ. އަދި ސްކޫލުގެ ކައުންޓަރުންވެސް އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ.

 

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އަމީނިއްޔާ ސްކޫލް

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3325762، 3323247

އީ-މެއިލް: [email protected]

 

11   ރަޖަބު    1440

18   މާރިޗު   2019

18 މާރިޗު 2019
ހޯދާ