ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓާއި، ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓާއި، ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު 198-F/2019/18 (11 ފެބްރުއަރީ 2019) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުކަމަށްފެންނާތީ  އެއިޢުލާން ބާތިލްކުރުމަށްފަހު އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ އެހެނިހެން މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބް ސައިޓުގެ ނޯޓިސްބޯޑްބައިން ލިބެންހުންނާނެއެވެ. މިމަސައްކަތާއިގުޅޭ ގޮތުން އެއްވެސްކަމެއް އޮޅުން ފިލުވަން ބޭނުންނަމަ 20 މާރޗް ވަނަ 14:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 24 މާރޗް 2019 ވަނަ ދުވަހު 13:30 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ ލިޔުންތައް ވެބްސައިޓަށް ލެވިފައިވާތީ އެލިޔުންތަކުގެ ހާޑުކޮޕީއެއް ދުލެއް ނުކުރެވޭނެވެ.

އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 28 މާރޗް 2019

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

 

11  ރަޖަބު  1440

18 މާރިޗު 2019
ހޯދާ