އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް

މަޤާމް :ރެޖިސްޓަރޑް ނަރސް
ބޭނުންވާ އަދަދު :34

އިއުލާން

 

        މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލްފަރާތްތަކެވެ.

މަޤާމް:

ރެޖިސްޓަރޑް ނަރސް

 

މަޤާމުގެ ނަންބަރު:     

J-306119, J-306118, J-306117, J-306116, J-306115, J-306114, J-306113, J-306112, J-306111,

J-306128, J-306127, J-306126, J-306125, J-306124, J-306123, J-306122, J-306121, J-306120,

J-306057, J-306056, J-306135, J-306134, J-306133, J-306132, J-306131, J-306130, J-306129,

J-305764, J-306063, J-306062, J-306061, J-306060, J-306059, J-306058,

ބޭނުންވާ އަދަދު:

34 (ތިރީސް ހަތަރެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް 8-1

މުސާރަ:

މަހަކު -/9060 ރުފިޔާ

މަގާމުގެ ރޭންކް:

ސީ.އެސް. 8-2

މުސާރަ:

 މަހަކު -/9210 ރުފިޔާ

މަގާމުގެ ރޭންކް:

ސީ.އެސް. 8-3

މުސާރަ:

 މަހަކު -/9360 ރުފިޔާ

މަޤާމުގެ ކްލެސިފިކޭޝަން:

  ނަރސިންގ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނަރސިންގ ޑިޕާޓްމަންޓް / އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ

ސަރވިސް އެލެވަންސް:

-/188 ރުފިޔާ (ކަނޑައަޅާފައިވާ ގޮތުގެ މަތިން)

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރައްކާތެރިކަމާއެކު ބަލިމީހުންނަށް ބޭނުންވާ ނަރސިންގ ކެއަރ ރާވާ ޚިދުމަތްދީ އިވެލުއޭޓްކުރުން.
  2. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާއެކު ވިލަރެސްކޮށްގެން ރާވާ އެ ޕްލޭނާ އެއްގޮަތަށް ފަރުވާދިނުން.
  3. ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނަަަަަަަަަރސިންގ ކެއަރ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ޚިދުމަތްދީ ދެވޭ ޚިދުމަތްތައް މޮނިޓަރކުރުމާއި އިވެލުއޭޓްކުރުން.
  4. ފަރުވާދޭ މާހައުލުގައި އަދި މުޖުތަމައުގައި ހިންގާ ނަރުހުންނަށް އުގަންނައިދިނުމުގެ ހަރަކާތްތަކާއި ސިއްހީ ހޭލުންތެރިކަމާއި ސިއްހަތު ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތަައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  5. ބަލިމީހާއާއި ބަލިމީހާގެ އާއިލާތަކުން ބަލިން ރައްކާތެރިވުމާއި ފަރުވާކުރުމާއި ކެއަރއާ ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވާދިނުން.
  6. އެހެން ނަރުހުންނާއި ބަލިމީހާއަށް ޕަރސަނަލް ކެއަރދޭ އެހެން ސިއްހީ ޚިދުމަތްތެރިން ސުޕަވައިޒްކޮށް ވިލަރެސްކުރުން.
  7. ނަރުސްކަމާއި ނަރުސްކަމުގެ އިޖުރާއަތުތަކާބެހޭ ދިރާސާތައްކޮށް ސައެންޓިފިކް ލިޔުންތަކާއި ރިޕޯޓްތައް މެދުވެރިކޮށް އެ މައުލޫމާތުތައް ފެތުރުން.
  8. ނަރސް މިޑްވައިފުންގެ ތަމްރީންވެފައިވާނަމަ އެމަގާމުގައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  9. ބަލިމީހުންނަށް ލިޔެދީފައިހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި އޭނާއަށް ބޭނުންވާ ޚާއްސަ އެހީތެރިކަމަށް އެހެން ސިއްހީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލޭޓްކޮށްދިނުން.
  10. ބަލިމީހާގެ ސިއްހީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރުން.
  11. ނަރސިންގ ކެއަރގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި ގުޅޭ ރެކޯޑްތައް ބަލަހައްޓާ ގައުމީ ސިއްހީ ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
  12.  އިމަޖެންސީ ހާލަތްތަކުގައި ފުރަތަމަ އެހީގެ ފަރުވާ ދިނުމާއި އެހީތެރިވުން.

 

 

މަޤާމުގެ ޝަރުތުތައް:

 (ސީ.އެސް. 8-1) ގެ ޝަރުތަކީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖާގެ ގައުމީ ސަނދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

(ސީ.އެސް. 8-2) ގެ ރެޖިސްޓަރޑް ނަރސް ސީ.އެސް. 8-1 ގެ ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިންސައްތައިން މާކްސް ހޯދާފައިވުން.

(ސީ.އެސް. 8-3) ގެ މޯލްޑިވްސް ނަރސިންގ މިޑްވައިފްރީ ކައުސިލް ގަބޫލްކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

9. މުއްދަތު ހަމަނުވާ ލައިސަންސް، އަދި ރެޖިސްޓްރޭޝަންގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

 

 

ޕޮއިންޓް ދިނުމުގައި ބަލާނެ މައިގަނޑުދާއިރާތައް

މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.

 

 

ނަރުހުންގެ އެސޯސިއޭޓް ޕްރޮފެޝަނަލްސް ގްރޫޕް 1 (ޖެނެރަލް ނަރުހުން) ގެ މަގާމްތަކަށް ޕޮއިންޓް ދިނުމުގައި ބަލާނެ ދާއިރާތައް

ދާއިރާ

ތަފްސީލް

ކެޓެގަރީގެ ޖުމްލައިންސައްތަ (%)

ތައުލީމް

މަގާމާ ގުޅުންހުރި ދާއިރާތަކުން ހޯދާފައިވާ އެކްރެޑިޓެޑް ސެޓްފިކެޓް

25

ތަމްރީން

މަސައްކަތުގެ ތަޖުރިބާ

ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީންތައް

ކުރިމަތިލާ މަގާމާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ތަޖުރިބާ

5

 

15

ހުނަރު

އިމްތިހާން

ފައިނަލް އިންޓަވިއު / ޕްރެކްޓިކަލް

ސިވިލް ސަރވިސްއއަށް ވަނުމަދެވޭ އިމްތިހާން

50

5

ޖުމްލަ

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 މާރިޗް 2019 ވާ ހޯމަ ދުވަހުގެ  13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ hr.recruitment@igmh.gov.mv އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  31 މާރިޗް 2019 އާއި 11 އޭޕްރީލް 2019 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.  

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 340 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ  hr.recruitment@igmh.gov.mv އަށެވެ.

 

09 ރަޖަބް 1440

16 މާރިޗް 2019

 

16 މާރިޗު 2019
ހޯދާ