ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ބައެއް ސަބްސިޑަރީ ތަކުގެ މަސައްކަތް ހުއްޓާލުމާ ބެހޭ

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތައް ކަމުގައިވާ މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ލޓޑ އަދި، އެސްޓީއޯ ހޮޓަލްސް އެންޑް ރިސޯޓްސް ޕވޓ ލޓޑ. އުވާލުމަށާއި، އެސްޓީއޯ މޯލްޑިވްސް (ސިންގަޕޫރު) ޕޓއ ގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް ނުވަތަ، ޑޯމަންޓްކުރުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ، އެކަން ކުންފުނީގެ ޙިއްޞާދާރުންނާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ޑިރެކްޓަރުންގެ ބޯޑުން މި ނިންމެވުން ނިންމެވުމާއެކު، މި ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން މިހާރު ދަނީ ކުރެވެމުންނެވެ. ޑިރެކްޓަރުންގެ ބޯޑުން މި ނިންމުން ނިންމަވާފައިވަނީ ސަބްސިޑަރީތަކުގެ ޕަރފޯމަންސާ ބެހޭގޮތުން ހެދި ދިރާސާތަކުން ދައްކާގޮތުން، މި ކުންފުނިތަކަށް ކޮށްފައިވާ އިންވެސްޓްމަންޓާއި އެއްވަރުގެ ފައިދާއެއް މި ކުންފުނިތަކަށް ލިބިގެން ނުދާތީއެވެ.

ވީމާ، މި ކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންނާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އެންގީމެވެ.

14 މާރިޗު 2019
ހޯދާ