މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
"މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" އިސްލާހު ކުރުމަށްފަހު އާއްމުކުރުން

   މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އިނާމުދިނުމަށް 14 ފެބުރުވަރީ 2019 ގައި އިއުލާން ނަންބަރު: IUL)219-MS/1/2019/1) އާއްމު ކޮށްފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" އަށް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ނަންބަރު:2019-5ސީ/އެމްއެމްސީ-11 (13 މާރިޗު 2019) ޖަލްސާއިން އިސްލާހު ކުރުމަށް ފަހު ފާސް ކޮށްފައެވެ.

 

   މޯލްޑިވްސް މީޑިއާ ކައުންސިލުގެ ނަންބަރު:2019-5ސީ/އެމްއެމްސީ-11 (13 މާރިޗު 2019) ޖަލްސާއިން އިސްލާހުކޮށް، ފާސްކޮށްފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މި އިއުލާން އާއިއެކު އާއްމު ކުރެވިފައިވާނެއެވެ. އަދި މިއުސޫލު މިކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

 

   ވީމާ މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި އުސޫލަށް އަމަލުކުރުމަށް ދަންނަވަމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.

 

   07  ރަޖަބު  1440

   14  މާރިޗް  2019

13 މާރިޗު 2019
ހޯދާ