މަޤާމް:
|
އެޓެންޑެންޓް
|
މަޤާމުގެ ނަންބަރު:
|
J-268208, J-268223, J-258755, J-267980
|
ބޭނުންވާ އަދަދު:
|
4 (ހަތަރެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެސް. އެސް. 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ
|
މުސާރަ:
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/1000 ރުފިޔާ
|
ރިސްކް އެލެވަންސް:
ސަޕޯޓިންގ ކޯ އެލަވަންސް:
|
-/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
-/1200 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދަންފަޅި އުސޫލުން މަސައްކަތްކުރައްވާނަމަ ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭ ފައިސާ.
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުއްލުމާއި އަދި ބަލިމީހުން އެކްސްރޭ އީ.ސީ.ޖީ ،ސާމްޕަލް އަދި ތިއޭޓަރފަދަ ތަންތަނަށް ގެންދިއުން.
- ވާރޑުގައި ގެންގުޅޭ ތަކެތި އޮޓޯކްލޭވް ކުރުމަށް ސީ.އެސް.އެސް.ޑީއަށް ގެންގޮސް ގެނައުމާއި ލިނަންގެ އިންޥެންޓްރީ ބެލެހެއްޓުން.
- ކޮންމެ ޑިއުޓީއެއްގައި ވާރޑް ކުނިކަހާ ފެންފޮތިލާ ސާފުކުރުން.
- ފާޚާނާތަކާއި ޔުޓިލިޓީ ކޮޓަރިއާއި ސިންކުތައް ސާފުކުރުން.
- ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ނަރުހުންނަށް އެހީތެރިވެދިނުން.
- ވޯރޑް ނުވަތަ ހޮސްޕިޓަލްއިން ބާއްވާ އެކިއެކި ކަންކަމުގައާއި ކުއްލި ހާލަތްތަކުގައި ދިމާވާ ކަންކަމުގައި ހާޟިރުވެ އެހީތެރިވުން.
- ޑިއުޓީ ނިންމާފައިދާ އިރު ނުނިމި ހުންނަ މަސައްކަތްތައް ޖެހިގެން އަންނަ އެޓެންޑެންޓަށް ކިޔާދީ އަންގަދިދިނުން.
- ބަލިމީހުންނަށް ބޭނުންވާ ފޮތި،ބާލީސްއުރަ، ބެޑްޝީޓްފަދަ ތަކެތި ވާރޑުގައި ބޭނުންކުރާ މެޝިންތައް ރައްކާތެރިކަމާއި ފަރުވާތެރިކަމާއެކު ތަންތަނަށް ގެންގޮސް ގެނައުން.
- ބަލިމީހުން ބޭނުންކޮށްފައިވާ ތަކެތި ތަނުގައި ހެދިފައިވާ ގައިޑްލައިންއާއ އެއްގޮތަށް ގެންގުޅުމާއި، ބަލިމީހުން ބޭނުންކޮށްފައިވާ ޖަރާސީމް އެކުލެވޭ ތަކެއްޗާއި އެހެނިހެން ކުނިވަކިކޮށް ރައްކާތެރިކަމާއެކު ނައްތައިލުމަށް ގެންދިއުން.
|
މަޤާމުގެ ޝަރުތުތައް:
|
ލިޔަންކިޔަން އެނގުން.
(ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާެއެވެ. އަދި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.
ސަޕޯޓް ސަރވިސް (އެސް.އެސް 1 އިން އެސް.އެސް 5 އަށް)
|
ދާއިރާ
|
ބެލޭނެ ބައިތައް
|
މާކްސް
|
އިންސައްތަ
|
ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)
|
ތަޢުލީމާއި ތަމްރީން
|
ލިބިފައިވާ ތަޢުލީމު
|
25
|
21
|
26
|
މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު
|
30
|
5
|
މަސައްކަތު ތަޖުރިބާ
|
މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ
|
30
|
26
|
26
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު /ޕްރެކްޓިކަލްސް
|
100
|
48
|
48
|
ޖުމްލަ
|
185
|
100
|
100
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 މާރިޗް 2019 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 31 މާރިޗް 2019 އާއި 11 އޭޕްރިލް 2019 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 40 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
|
7 ރަޖަބް 1440
14 މާރިޗް 2019
|