އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލީގަލް އެއިޑްގެ ކޮންސަލްޓަންސީ ފުރުޞަތު ހުޅުވާލުން

 

ނަންބަރު: (IUL)32-A2-PR/1/2019/18)

 

އިޢުލާން

 

ލީގަލް އެއިޑްގެ ކޮންސަލްޓަންސީ ފުރުޞަތު ހުޅުވާލުން

 

މި އޮފީހުގެ ނަންބަރު (IUL)32-A2-PR/1/2019/13 (05 މާރިޗު 2019) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

 

ވީމާ، ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ޤާނޫނީ ފަރމްތަކުން 19 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           

މި މަސައްކަތާބެހޭ މަޢުލޫމާތު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިން ލިބެން ހުންނާނެއެވެ.

 

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި އޮފީހުގެ ނަންބަރު 3010142 ފޯނާ ގުޅުއްވުން އެދެމެވެ.

 

07  ރަޖަބު  1440

 

14 މާރިޗު 2019
ހޯދާ