މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މާލެ ބިޒްނަސް ސެންޓަރ ގެ އޮފީސް އިމާރާތުގައި ޕާޓިޝަން ޖަހާދޭނެ ފަރާތެއް ހޯދުމަށް

 އިޢުލާން

 މާލެ ބިޒްނަސް ސެންޓަރ ގެ އޮފީސް އިމާރާތުގައި ޕާޓިޝަން ޖަހާދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީން ހިންގަމުންދާ އައި. ޑީ. ބީ ޕްރޮޖެކްޓްގެ މާލެ ބިޒްނަސް ސެންޓަރ ގެ އޮފީސް ހ. ސަކީނާ މަންޒިލް، ތިންވަނަ ފަންގިފިލާއިން ލިބިފައިވާ ޖާގައަށް ބަދަލުކުރުމާއި ގުޅިގެން އެތަނުގައި އަމިއްލަ ތަކެތީގައި ޕާޓިޝަން ޖަހާދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، 17 މާރިޗް 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09.00 ގައި މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތުގައި (ކޯސްޓް ގާޑް ބިލްޑިންގ އާއި ޖެހިގެން އިރަށް ހުންނަ އިމާރާތުގައި) ބާއްވާ މަޢުލޫމާތު ސެޝަންއަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމަތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 20 މާރިޗް 2019 ވާ ބުދަ ދުވަހުގެ 09.00 ގައި މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތުގެ (ކޯސްޓް ގާޑް ބިލްޑިންގ އާއި ޖެހިގެން އިރަށް ހުންނަ އިމާރާތުގެ) 3 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333113 ނަމްބަރ ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ މަޢުލޫމާތު ޝީޓް، ބިޑް ސަބްމިޝަން ފޯމް އަދި ޕްރައިސް ޝެޑިއުލް ފޯމް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

14 މާރިޗު 2019
ހޯދާ