އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ. ފިއްލަދޫ ބައި-އިލެކްޝަން (2019 އެޕްރީލު 13) - ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން

ނަންބަރު: A)CA-2019/134)

އިޢުލާން

ހއ. ފިއްލަދޫ ބައި-އިލެކްޝަން (2019 އެޕްރީލު 13) - ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން

2019 އެޕްރީލު 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. ފިއްލަދޫ ބައި-އިލެކްޝަނަށް ކުރިމަތިލާ ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމަށްޓަކައި، ބާއްވާ ގުރުއަތުނެގުން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ތާރީޚާއި ގަޑި މި ދަންނަވަނީއެވެ. ގުރުއަތު ނެގުން އޮންނާނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީނުގެ)ގެ ޓްރެއިނިންގް ހޯލުގައެވެ.

ތާރީޚް

ގަޑި

14 މާރިޗު 2019 (ބުރާސްފަތި)

11:30

އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ރަޖަބު 1440

 

13 މާރިޗު 2019
ހޯދާ