ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ އިން ވިއްކާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުއް) މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން ކަނޑަ އަޅާފައިވާ އަގުގައި ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތުން ނުވަތަ އޭޖެންޓުން ހޯދަން ބޭނުންވެއްޖެ

އެސް.ޓީ.އޯ އިން ވިއްކާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުއް) މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން ކަނޑަ އަޅާފައިވާ އަގުގައި ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތުން ނުވަތަ އޭޖެންޓުން ހޯދަން ބޭނުންވެއްޖެ.

 

މި މަސައްކަތަށް ކުރެވުނު އިޢުލާން 60-ADM/2019/47  އަދި 60-ADM/2019/35 އަށް ތިރީގައިވާ ރަށްތަކުން އެކަށިގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މިރަށްރަށުގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

 

މަސައްކަތުގެ ވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

ކުރަންޖެހޭ މަސައްކަތް:     އެސް.ޓީ.އޯ އިން ވިއްކާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުއް) މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން ކަނޑަ އަޅާފައިވާ އަގުގައި ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުން

 

ރަޖިސްޓަރީ ކުރުން:       ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2019 މާރޗް  18  ވާ ހޯމަ ދުވަހު 1100 ގެ ކުރިން އެރަށެއްގެ އެސްޓީއޯ ފާމަސީ އަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

 

ބީލަންކަރުދާސް ދޫކުރުން:    މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަންކަރުދާސް އެރަށެއްގެ އެސްޓީއޯ ފާމަސީއިން ދޫކުރެވޭނެއެވެ. އަދި އެސްޓީއޯ ހެޑްއޮފީސް، އެސްޓީއޯ ސްޓޭޕަލްސް ފުޑްސް، އަދި އެސްޓީއޯ ވެބްސައިޓް އިންވެސް ލިބެން ހުންނާނެއެވެ.

 

ބީލަންކަރުދާސް:        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 މާރޗް 21 ވާ ބުރާސްފަތި ދުވަހު 1100 ގައި އެރަށެއްގެ އެސްޓީއޯ ފާމަސީގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެއެވެ.

 

 

                   އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

 

            ހޮޓްލައިން: 7962788

                   

ނޯޓުފުރުޞަތު ހުޅުވާލެވިފައިވާ ރަށްތަކުގެ ތާވަލު (ޝީޓު) މި އިލުލާނުގައި އެޓޭޗް ކުރެވިފައިވާނެއެވެ.

13 މާރިޗު 2019
ހޯދާ