ޑްރަގް ކޯޓު
ދިވެހިރާއްޖެ
ޑްރަގް ކޯޓުގެ މިދަންނަވާ މަރާމާތުގެ މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

 

ޑްރަގް ކޯޓުގެ މިދަންނަވާ މަރާމާތުގެ މަސައްކަތްތައް ކޮއްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ޑްރަގް ކޯޓުގެ ރިސެޕްޝަން އޭރިއާ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތާއި އަދި އެހެނިހެން މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ މިމަސައްކަތްތައް ކުރުމަށް އެދޭ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިކޯޓަށް ވަޑައިގެން ފުރިހަމަ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މާކްސް ދޭނެ ގޮތް:

- އަގަށް : %70 ( އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް )

- ޑެލިވަރީ މުއްދަތު : (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

- ތަޖުރިބާ : (2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް އޮފީސް އިމާރާތުގެ މަރާމާތުގެ މަސައްކަތް އެންމެ ގިނައިން ކޮށްދީފައި ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

     އަންދާސީ ހިސާބެވެ.  އަންދާސީ ހިސާބު ހުށަހަޅޭނީ ލިސްޓު ކުރެވިފައިވާ ހުރިހާ އައިޓަމްތަކައް އެއް-

- ޖީ.އެސް.ޓީ. އަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހެޅުން

- އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.    

- އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. 

ހުށަހަޅަންޖެހޭ ތަކެތި

- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން. 

- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.    

- ޖީ.އެސް.ޓީ. އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.

- ހުށަހެޅިފައިވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން.

- ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސްތަކުގައި ކޮށްފައިވާ ގޮތާއި ގުޅޭގޮތުން އެ

  އޮފީސްތަކުން ދީފައިވާ ރެކޮމެންޑޭޝަން ލެޓާރ ފަދަ ލިޔުންތަކަށެވެ.

- ކުންފުންޏެއް ނަމަ އެކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު 24 މާރިޗު 2019 ވަނަ ދުވަހުގެ 10:00 އަށް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ  ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ  ބޭރުގައި   އިޢުލާން   ނަންބަރު  އަދި " މަރާމާތުގެ މަސައްކަތް ކުރުމަށް އެދި"  ލިޔެވިފައި   އޮންނަންވާނެއެވެ.  އަދި  ތިރީގައިވާގޮތަށް  އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިބިޑް އާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންއަށް އަންނަ ފަރާތްތަކަށެވެ.

ޑްރަގް ކޯޓް

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެންޑް ޖެނެރަލް ސަރވިސަސް ސެކްޝަން

މާލެ، ދިވެހިރާއްޖެ

 

އަންދާސީ ހިސާބު ހުޅުވުން

އަންދާސީ  ހިސާބު ހުޅުވާނީ 24 މާރިޗު 2019 ވަނަ ދުވަހުގެ 10:00 ގައި ޑްރަގް ކޯޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ  މީޓިންގ ރޫމްގައި، ހުށަހެޅި    ފަރާތްތަކުގެ    ނުވަތަ     އެފަރާތުން    ކަނޑައެޅިފައިވާ   ފަރާތްތަކާ    އެއް    ހާޒިރީއެއްގައެވެ.

މިކަމާ  ބެހޭގޮތުން  އިތުރު  މަޢުލޫމާތު ހޯއްދެވުމަށް  [email protected] އަށް  މެއިލް  ކުރެއްވުން  އެދެމެވެ. ނުވަތަ 3018556 އަށް ގުޅުއްވުން އެދެމެވެ.

 

6 ރަޖަބު 1440

                                       13 މާރިޗު 2019      

13 މާރިޗު 2019
ހޯދާ