ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއް ނީލަން ކިޔުން

އިޢުލާން

ރުއް ނީލަން ކިޔުން

 

                   ތ. މަޑިފުށީ ސްކޫލާއި، ޣާޒީމަގުގެ އުތުރު ކޮޅުގައިހުރި 14 ރުކަކުން ސްކޫލަށާއި، މަގަށް ދަތިވާތީ

ކެނޑުމަށްޓަކައި ނީލަން ކިޔަންބޭނުންވެއެވެ. ރުއްތައް ނީލަން ކިޔުން އޮންނާނީ  14 މާރިޗު 2019 ވާ ބުރާސްފަތި ދުވަހު

10:00ގައި ރުއްތައް ހުރި ސަރަޙައްދު ކަމުގައިވާ ޣާޒީމަގުގެ އުތުރުކޮޅުގައެވެ. ނީލަމުން ނަންގަވާ ރުކަށް 3 ދުވަސް ތެރޭގައި

ފައިސާ ދައްކަން ވާނެއެވެ. ފައިސާ ދެއްކުމަށްފަހު 7 ދުވަހުގެތެރޭގައި ރުއްކަނޑައި ތަން ސާފުކުރަންވާނެއެވެ. ފައިސާ ދެއްކި

ކަމުގައިވަޔަސް ދެންނެވުނު މުއްދަތުގެ ތެރޭގައި ރުއް ނުކަނޑައިފިނަމަ އަލުން ނީލަން ކިޔޭނެއެވެ. އަދި ރުކަށް ދެއްކި ފައިސާ

އަނބުރާ ނުދެވޭނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ރުއްތަކުގައި ނުންނާނީ މި އިދާރާއިން ބޮޅުއަޅާ ނަންބަރު ޖަހާފައެވެ.

                  ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިޔަށް އެ ސަރަޙައްދަށް

ދުރުވެދެއްވުން އެދެމެވެ.                                             

                  މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

11 މާރިޗު 2019
ހޯދާ