އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ މެމްބަރުން ހޯދުން

 
ނަންބަރު: A)AB-2019/114)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ މެމްބަރުން ހޯދުން

ބޭނުންވާ ޢަދަދު:

ކޮންމެ އަތޮޅެއްގެ އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯއަށް 3 (ތިން) މެންބަރުންނާއި އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގެ ކޮމްޕްލެއިންޓްސް ބިޔުރޯއަށް 3 (ތިން) މެންބަރުން

މަސައްކަތް ކުރަންޖެހޭ ތަން:

ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާ އަދި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ ސިޓީ ކައުންސިލް އިދާރާ

އުޖޫރަ:

ކޮމްޕްލެއިންޓްސް ބިއުރޯ ވެރިޔާއަށް: މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ.

ކޮމްޕްލެއިންޓްސް ބިއުރޯ މެންބަރަކަށް: މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ) ރުފިޔާ.

މުއްދަތު:

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019ގެ ވޯޓުލުން އޮންނަ ދުވަހުގެ 10 (ދިހައެއް) ދުވަސް ކުރިން ފެށިގެން އިންތިޚާބު ނިމި 7 (ހަތެއް) ދުވަސް ވަންދެން. (ޖުމްލަ 17 ދުވަސް) މިމުއްދަތުގެ ފަހުންވެސް އިންތިޚާބުގެ މަސައްކަތާއި ގުޅިގެން މުއްދަތު އިތުރުކުރަންޖެހޭނަމަ، މުއްދަތު އިތުރުކުރާ ގޮތަށް.

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1. ޤާނޫނީ ދާއިރާއިން ސަނަދެއް ހާޞިލްކޮށްފައިވުމާއެކު 1 (އެކެއް) އަހަރު ދުވަހުގެ ކަމާ ގުޅޭ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ދާއިރާއަކުން ސަނަދެއް ހާޞިލްކޮށްފައިވުމާއެކު 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

3. ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުން

4. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ކެމްޕެއިންކުރުމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުން.

މަސްއޫލިއްޔަތު:

- ޝަކުވާ ހުށައެޅުމުގެ ނިޒާމުގެ ތެރެއިން އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- އަތޮޅު/ ސިޓީ ކޮމްޕްލެއިންޓސް ބިޔުރޯގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 17މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަނަށް ނުވަތަ ރަށެއްގެނަމަ ރަށު ކައުންސިލް އިދާރާއަށް، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސިޓީ ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

- މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

- އަތޮޅު، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގެ ކޮމްޕްލެއިންޓްސް ބިޔުރޯގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި، ރަށެއްގެނަމަ ރަށު ކައުންސިލް އިދާރާއިން، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

- މަތީގައިވާ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތައް ނުލިބިއްޖެނަމަ، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތައް އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

- މި އިޢުލާނުގައިވާ މަސައްކަތްތަކައް ހިނގަމުންދާ ދުވަސްވަރު، މިއިއުލާނުގައިވާ މަސައްކަތަށް ހޮވިފައިވާ ފަރާތްތަކުން މަސައްކަތް ދޫކޮށްލައިފިނަމަ، މި އިއުލާނާ ގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތަކަށް އެ މަސައްކަތް ހަމަޖެއްސުމުގެ ފުރުޞަތު އޮންނާނެއެވެ.

 
މީހުން ހޮވުމުގައި ބަލާ މިންގަނޑު

ބައިތައް

މާކްސް

ތަޢުލީމު

40

މަސައްކަތު ތަޖުރިބާ

35

އިންޓަރވިއު

25

ޖުމްލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް

- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާކްސް އަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

- ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.

03 ރަޖަބު 1440

10 މާރިޗު 2019
ހޯދާ