ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު މަގުގޯޅިތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ބުޑުތައް ވަޅުލުމާއި، މަގުބައްތިއަށް ކަރަންޓް ކޭބަލް އެޅުމަށްޓަކައި މަގުގޯޅިތަކުގެ ކޯރު ކޮނުމުގެ މަސައްކަތް

         ނަމްބަރ: IUL)244-ESMSMS/244/2019/10

                                އިޢުލާން                            

          ހއ.ތުރާކުނު މަގުގޯޅިތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ބުޑުތައް ވަޅުލުމާއި ކަރަންޓް ކޭބަލް އެޅުމަށްޓަކައި، މަގުގޯޅިތަކުގެ ކޯރު ކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރު: IUL)244-ESMSMS/244/2019/7 (26 ފެބްރުއަރީ 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ،  އެޢިއުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

          ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 މާރޗް 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 މާރޗް 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

          އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 27 މާރޗް 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.

          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ. 

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 މާރިޗު 2019
ހޯދާ