ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 34ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާނު

 

 

2019ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 34ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

 

 

  (ހ) މި މުބާރާތް ބެހިފައިވާގޮތް ތިރީގައި މިވަނީއެވެ.  

 

1.އިސްކޫލުތަކުގެ ބައި (ތަރަހަ ގިންތި، ދަށު އިބްތިދާއީ ގިންތި، އިބްތިދާއީ ގިންތި، ދަށު ސާނަވީ ގިންތި، ސާނަވީ ގިންތި އަދި މަތީ ސާނަވީ ގިންތި)

2.މަތީ ތަޢުލީމުގެ ބައި ) ޔުނިވަރސިޓީ / ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ)

3.އަމިއްލަފަރާތްތަކުގެ ބައި ( 18 އަހަރުން ދަށުގެ އުމުރުފުރާ/ 18 އަހަރުން މަތީގެ އުމުރުފުރާ)

4.އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައި

 

(ށ) މި މުބާރާތް ފަށަން ހަމަޖެހިފައިވަނީ 2019 އެޕްރީލް 1ވަނަ ދުވަހުއެވެ.

(ނ) މި މުބާރާތުގެ ކޮންމެ ބައެއްގެ ކޮންމެ ގިންތިއަކުން ކަނޑައަޅައިފައިވާ ދާއިރާތަކަށް މައުޟޫޢުތައް ހުށަހެޅުމުގެ ފުރުސަތު 2019 މާރިޗު މަހުގެ 25ވާ ހޯމަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލަމެވެ. މައުޟޫޢުތައް ފޮވުނާނީ ތިރީގައި ބަޔާންކޮށްފައިވާ އީމެއިލަށެވެ. މުބާރާތުގެ މައުޟޫޢުތައް ކަނޑައަޅާނީ ދިވެހިބަހުގެ އެކެޑަމީންނެވެ. މުބާރާތުގެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 15 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.  

(ރ) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށް ފަހު ބައިވެރިވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ފޮޓޯ ޖެހި ރަސްމީ އަސްލު ލިޔުމެއްގެ ނަކަލު، 2019 މާރިޗު 25ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މި މުބާރާތުގެ ތަކެތި ހުށަހަޅާން ހަމަޖެހިފައިވާ އީމެއިލް [email protected]އަށެވެ.     މި އީމެއިލަށް ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ ނަމަ ލަސްނުކޮށް އެކެޑަމީގެ ފޯނު ނަންބަރު 7772816އަށް ގުޅުން އެދެމެވެ.

(ބ) މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mvން ލިބެން ހުންނާނެއެވެ.

 

07 މާރިޗު 2019
ހޯދާ