ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ބިލެތްދޫ މަސްޖިދުއްޛިކުރާ ބައެއްމަރާމާތުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް

އިޢުލާން

 

ފ. ބިލެތްދޫ މަސްޖިދުއްޛިކުރާ މިސްކިތުގެ ފާޚާނާއާއި،ގުދަން މަރާމާތުކުރުމާއި،މިސްކިތުގެ އެތެރެއާއި ބޭރުގައި ކުލައާއި،ވަރުނީސް ލުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 މާރޗް 11 ވާ ހޯމަ ދުވަހުގެ މެންދުރު 11.30 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2019 މާރޗް 13 ވާ ބުދަ  ދުވަހުގެ މެންދުރު 11.30 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ. ބިލެތްދޫ މަސްޖިއްޛިކުރާ މިސްކިތުގެ ފާޚާނާއާއި،ގުދަން މަރާމާތުކުރުމާއި، މިސްކިތުގެ ދެފުށު ކުލައާއި ވަރުނީސްލުމުގެ މަސައްކަތަށްއެދި " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

                      03 މާރޗް   2019

03 މާރިޗު 2019
ހޯދާ