މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިކައުންސިލުން އޮޕަރޭޓް ކުރަމުން ގެންދާ "ތަރިކަ-2" ފެރީއަށް ތިރީގައި އެވާ މަޤާމަށް 2 މީހުން ބޭނުންވެއްޖެއެވެ.              

މަޤާމު:

ފަޅުވެރި  

ބޭނުންވާ އަދަދު:

02

އިދާރާ:

މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ތަރިކަ -2 ފެރީ /ކ.ތުލުސްދޫ

މުސާރަ:

މަހަކު 3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1000.00 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުން ދަތުރުފައިސާ، ކޮއްތުފައިސާ، އިތުރުގަޑީގެފައިސާ،ބަންދުދުވަހުގެފައިސާ އަދި ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ ދެވޭނެއެވެ.    

ވަޒީފާގެ ބާވަތް:

ދާއިމީ( ވަޒީފާގެ ފުރަތަމަ 3 މަސް ދުވަހަކީ ޕްރޮބޭޝަން ޕީރިއަޑް ގެ މުއްދަތެވެ. މިމުއްދަތުގެ ތެރޭގައި ވަޒީފާއަށް ރަގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ. )

މަޤާމުގެ ޝަރުޠު:

 1. ދަށްވެގެން އަސާސީ ތަޢުލީމް ނުވަތަ ގްރޭޑް 7 ގެ ފެންވަރު ހުރުން.
 2. އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ވައްކަން، ޓެކުން، މަކަރާއި ޙީލަތްހެދުން، މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއްކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ޝަރީޢަތަށް ޘާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
 3. ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
 4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ވަރުގެ ޞިއްޙަތެއް ހުރި މީހަކުކަމުގައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު  މަސްއޫލިއްޔަތު:

 1. ދަތުރަކަށްފުރަންވުމުގެ 30 މިނެޓްކުރިން ދަތުރުގެ ހުރިހާކަމެއް ފުރިހަމަކުރުމަށް ދޯނީގައި ހުރުން.
 2. ދޯނިންދަތުރުކުރާ ފަސިންޖަރުންނާއި، އެހެނިހެންފަރާތްތަކުން ދޯންޏަށް އަރުވަން ގެންނަތަކެތި އަރުވާ ބޭލުން .
 3. ދޯންޏަށް މުދާއަރުވާބޭލުމުގައި، ދޯންޏަށާއި މުދަލަށް ގެއްލުންނުވާނެ ގޮތުގެމަތިން މަސައްކަތްކުރުން. 
 4. ފަސިންޖަރުންނަށް ދިމާވާކަންކަމުގައި އެހީތެރިވެދީ، ޚިދުމަތްދިނުމުގައި ވަކިމީހަކު އިސްތިސްނާނުކުރުން.
 5. ދަތުރަށް ފުރުމަށްފަހު ،ދަތުރުނިމެންދެން ފަސިންޖަރުންނަށް  ފެންނަހިސާބުގައި  ހުރުން.
 6. ދޯނިސާފުކުރާ ދުވަހެއްގައި ކެޕްޓަންއަންގާ ގޮތެއްގެމަތިން  ދޯނި ސާފުކުރުމުގެ މަސައްކަތްކުރުން.
 7. ދޯންޏާއި ދޯނީގެއެންމެހައި ތަކެތި ސާފުތާހިރުކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
 8. ދޯނިއެހިލާބޭލުމުގައި ކުރަންޖެހޭމަސައްކަތްތައްކުރުން.
 9. ގަދަވުމުގެ ސަބަބުން ނަގިލިކަހާލުން ނުވަތަ ވައުކަނޑައިގެންދިއުންފަދަ،  ދޯންޏަށް ގެއްލުމެއް ލިބިދާނެކަމެއްދިމާނުވާނެ ގޮތުގެމަތިން ދޯނިބަނދަރުގައި އެޅުން. އަދި ދޯންޏަށް ވާނުވާގޮތް ބަލަމުން ގެންދިއުން.
 10. މީގެ އިތުރުން މަސައްކަތާއި ގުޅޭގޮތުން ކައުންސިލުން އަންގަވާ ކަމެއްކުރުން.   

ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށް ބެލޭނެކަންތައްތައް

 1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނު
 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ މަސައްކަތު ތަޖްރިބާ (ތަޖުރިބާކަމަށް ބެލެވޭނީ މަސައްކަތްކޮށްފައިވާ ތަނުގެ ރަސްމީ ލިޔުމަށް)
 3. މަސައްކަތު ހުނަރާއި ޤާބިލުކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއުކުރުން.

އިންޓަރވިއު ކުރުން

 • މިވަޒީފާއަށް ކުރިމަތިލާފައިވާ ޝަރުޠުހަމަވާފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް  ބެލުމަށްފަހު، ހިއުމަންރިސޯސް މެނޭޖްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދެންނެވޭނީ  ޝޯޓްލިސްޓްކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
 • މިގޮތުން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ބާއްވާ އިންޓަރވިއު ހަމަޖެހިފައިވާ ތަނާއި ތާރީޚު އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 05 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

 1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ތުލުސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)
 1. ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި މުވައްސަސާއެއްގެތައްގަޑުޖަހާފައިވާ  ރަސްމީ ލިޔުން
 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
 3. ޕޮލިސްރިޕޯޓް ކޮޕީ  

ތަކެތިހުށަހަޅަންޖެހޭއޮފީސް:

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއަށެވެ.

ތަކެތިހުށަހެޅުމުގެ ސުންގަޑި

17 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ13:00ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރެއްވުމަށް

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6640183 ނުވަތަ 9194449 ނަންބަރ ފޯނާއެވެ. ފެކްސްއާއި އީމެއިލުން ފޮނުވާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

07 މާރިޗު 2019
ހޯދާ