ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލޯގޯ ފަރުމާ ކުރުމުގެ މުބާރާތުގެ ދަޢުވަތު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

 މާލެ' ދިވެހިރާއްޖެ                   

ނަންބަރ: H-2019/42

ލޯގޯ ފަރުމާ ކުރުމުގެ މުބާރާތުގެ ދަޢުވަތު

މި ކުންފުނިން ރާއްޖެއަށް ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 70 އަހަރު ފުރޭތީ، އެކަމަށް ޚާއްޞަ ލޯގޯއެއް ފަރުމާ ކުރުމަށް ބޭނުން ވެއެވެ. ވީމާ މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. ލޯގޯ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން 1 ވަނަ ހޮވޭ ލޯގޯއަށް 25,000.00ރ. ގެ ޢިނާމެއް ދިނުމަށް މި ކުންފުނިންވަނީ ކަނޑައަޅާފައެވެ

ލޯގޯ ގެ ޝަރުޠުތައް:

  •  ރާއްޖެއަށް ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 70 އަހަރު ވެފައިވާ ކަން ހާމަ ކޮށްދިނުން.
  • ލޯގޯގައި ހިމަނަން ވާނީ ގިނަވެގެން 3 ކުލަ.
  • 3D ކޮށް ލޯގޯ ހެދޭނެ ފަދަ ލޯގޯ އަކަށް ވުން.
  • "ވެކްޓަރ"/އެޑިޓް ކުރެވޭނެ ފައިލަކަށް ވާންވާނެއެވެ.

ހުށަހެޅުން:

  •  ސޮފްޓް އަދި ހާރޑް ކޮޕީ.
  •  މެއިލް ކުރާނީ [email protected]  
  • ކުންފުނީގެ ޕްރޮފައިލް، ރަޖިސްޓްރޭޝަން ކޮޕީ އަދި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ. 
  • މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތް ކުރާނޭ ފަރާތުގެ ނަން، މަޤާމް އަދި ފޯން ނަންބަރު.
  • އަމިއްލަ ފަރާތެއްނަމަ އައިޑީކާޑު ކޮޕީ.

ހާރޑް ކޮޕީ ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ލޯގޯ ފަރުމާކޮށް ދިނުމުގެ މަސައްކަތް

އިޢުލާން ނަންބަރު: H-2019/42

ލޯގޯ ހުށައަޅަންވީ އެންމެ ފަހުގެ ތާރީޚް:

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2019 މާރިޗު 27 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯ މި ކުންފުންޏަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު:

1 ވަނައަށް ހޮވޭ ލޯގޯއަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ބަދަލެއް ގެނެސް ދެވެން ވާނެއެވެ. އަދި ލޯގޯއަށް ކަނޑައެޅިފައިވާ އަގު ދިނުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ގެނެވުމުން އެ ލޯގޯ ވާނީ މި ކުންފުނީގެ މިލްކިއްޔާތަކަށެވެ.

30 ޖުމާދުލްއާހިރު 1440

ނޯޓް:

  • މި އިޢުލާނާގުޅިގެން ބިޑް ކުރައްވާ ފަރާތްތަކުން މިކުންފުނީގެ ވެބް ސައިޓް www.stelco.com.mv ގައި ޝާއިއުކުރެވިފައިވާ "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަންދެއްވައި ބިޑްކުރައްވާ އިރު އެކަންތައްތައް ފުރިހަމަކުރައްވަންވާނެއެވެ.
  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

07.03.2019

07 މާރިޗު 2019
ހޯދާ