ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫގެ އެންމެ އަލިގަދަތަރި ޤުރްއާން މުބާރާތް 1440

އިޢުލާން

 

ކުޑަހުވަދޫގެ އެންމެ އަލިގަދަތަރި ޤުރްއާން މުބާރާތް 1440

                  1440 ވަނަ އަހަރުގެ (މިއަހަރުގެ) ރަމަޟާން މަހުގައި މިއިދާރާއިން ބޭއްވުމަށް ނިންމާފައިވާ "ކުޑަހުވަދޫގެ އެންމެ އަލިގަދަތަރި" ޤުރްއާން މުބާރާތުގެ އޮޑިޝަން 2019 މާރޗް 29 އަދި 30 ވަނަ ދުވަހުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި އިޢުލާނާއި އެކު މުބާރާތުގެ މުޤައްރަރާއި، މުބާރާތުގެ ބައިތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާގޮތުގެ ވަގުތު ކަލަންޑަރު އާއްމުކުރެވިފައިވާނެއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ، 2018 ޑިސެމްބަރުމަހުގެ ނިޔަލަށް 12 އަހަރު ފުރިފައިވާ ކުޑަހުވަދޫގެ ރަށްވެހިންނަށެވެ.

                ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިހިނގާ މާރޗް މަހުގެ 25 ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާގައި ނަންނޯޓްކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރަން ވަޑައިގަންނަވާއިރު، މުބާރާތުގައި ބައިވެރިވާފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.

                             26 ޖުމާދުލްއާޚިރާ 1440

03 މާރިޗު 2019
ހޯދާ