މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޅ.އޮޅުވެލިފުއްޓަށް ބަދަލުވި އާއިލާއަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ޅ.އޮޅުވެލިފުށީގައި ގެއެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ޅ.އޮޅުވެލިފުއްޓަށް ބަދަލުވި އާއިލާއަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ޅ.އޮޅުވެލިފުށީގައި ގެއެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު       (IUL)138-AS6/1/2018/469 (31 ޑިސެންބަރު 2018) އިޢުލާން ބާޠިލްކުރައްވައި، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

 

  1. މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 މާރިޗު 10 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްއެދެމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2019 މާރިޗު 10 ވާ އާދީއްތަ ދުވަހުގެ 12:00 އިން ފެށިގެން 2019 މާރިޗު 17 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ބީލަން ހުޅުވުން އޮންނާނީ 2019 މާރިޗު 18 ވާ ހޯމަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް / އަމީނީމަގުގައެވެ.
  3. މި މަސައްކަތަށް ހުށަހަޅުއްވާ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި މަސައްކަތަށް ބިޑް ސެކިޢުރިޓީގެ ގޮތުގައި ހުށަހަޅުއްވާ އަގުގެ %0.5 ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.
  4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 މާރިޗު 17 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

05 މާރިޗު 2019
ހޯދާ