މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު ހެދުމަށް ކަނޑައަޅާފައިއޮތް ބިމުގައިހުރި ރުއްތަކާއި ގަސްތައް ނަގާ، އަލުން އެތަކެތި އިންދައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ކުޑަކުދިންގެ ޕާކު ހެދުމަށް ކަނޑައަޅާފައިއޮތް ބިމުގައި ހުރި ރުއްތަކާއި ގަސްތައް ނަގާ އަލުން އެތަކެތި އިންދައިދޭނެ ފަރާތެއް ހޯދުން.

                މިރަށުގައި އަލަށް ހަދާ ކުޑަކުދިންގެ ޕާކު ހެދުމަށް ކަނޑައަޅާފައިއޮތް ބިމުގައި ހުރި ރުއްތަކާއި، ގަސްތައް ނަގާ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އޭގެތެރެއިން އިންދޭނެ ރުއްތަކާއި ގަސްތައް އަލުން ޖަހައިދީ ބިންސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ އެވެ.

                ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ނުވަތަ މެޝިނަރީ ބޭނުންކޮށްގެން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 މާރޗް 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ އީމެއިލްގެ ޒަރީޢާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

             މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

           ނޯޓް: ހިންމަފުށީ ކައުންސިލްގެ އީމެއިލް: [email protected]

                ފޯން ނަންބަރ: 6642024

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

04 މާރިޗު 2019
ހޯދާ