އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާން މަހު އިމާމުވެ ޙިފްޡްކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުން.

1440 ވަނަ އަހަރުގެ ރަމަޝާންމަހު އދ. ހަންޏާމީދޫ "މަސްޖިދުއްނަޞްރު" މިސްކިތުގައި، އިމާމުވެ ޙިފްޡްކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡްކު ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 މާރިޗް 14 ވާ އަންގާރަ ދުވަހުގެ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިއެވާ ކަންކަމަށް ދާނެ ޚަރަދުވެސް އެގޭގޮތަށް، ޙާފިޡްކު ގެނައިސްދެވޭނެ އަގުގެ ކޯޓޭޝަން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ މި އިދާރާގެ މެއިލް: [email protected] މެދުވެރިކޮށެވެ. ނުވަތަ މި އިދާރާއަށް ދުރުވެއެވެ.

އަދި ދަންނަވަމެވެ. ޙާފިޡު ގެނައުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހޯދަންޖެހޭ ހުއްދަ މި އިދާރާއިން ހޯދައި ދިނުމުން، މޯލްޑިވްސް އިމިގްރޭޝަނުން ހޯދަންޖެހޭ ހުއްދަތަށް ހޯދުމާއި ޙާފިޡް ރާއްޖެއައުމުން، ހަންޏާމީދުއާ ހަމައަށް ފޮނުވައި ދިނުމާއި، ހަންޏާމީދޫން މާލެ ގެންދިއުމުގެ ކަންތައްތައް، ޙާފިޡު ގެނައުމާއި ޙަވާލުވާ ފަރާތުން ކޮށްދޭންވާނެއެވެ.

ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ:

  • ފްލައިޓް ދެކޮޅު ޓިކެޓްގެ އަގު.
  • ދަތުރު ޚަރަދު (ރާއްޖެއާއި ރާއްޖޭން ބޭރުގެ ދަތުރުތައް ހިމެނޭގޮތަށް).
  • މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު.

މޯލްޑިވްސް އިމިގްރޭޝަނުން ހޯދަންޖެހޭ ހުއްދަތަކާއި، އިންޝުއަރެންސް ކުރުމުގެ އަގު.

04 މާރިޗު 2019
ހޯދާ