ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ރިލީފް ޓީޗަރ (ޕްރައިމަރީ)

   ނ. އަތޮޅު ތަޢުލީމީ މަރުކަޒު

      ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                              ނަމްބަރު: GS07/IUL/2019/007

   އިޢުލާން                  

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ރިލީފް ޓީޗަރ (ޕްރައިމަރީ)

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އޮތް އޮފީސް: ނ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އެކަޑެމިކް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ނ. އަތޮޅު ތަޢުލީމީ މަރުކަޒު / ނ.ވެލިދޫ

ވަޒީފާގެ ގިންތި: ކޮންޓްރެކްޓް (ކިޔަވައިދިނުން ރަނގަޅުނަމަ 3 މަހުން ކޮންޓްރެކްޓް އައުކުރާގޮތަށް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައި ދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  2. ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން.
  3. ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓަތައް އެޑްމިނިސްޓަރ ކުރުން.
  4. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމަންޓް ޕޭޕަރާއި، ޔުނިޓްޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރ އަދި މި ނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން.
  5. ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.
  6. ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން.
  7. ކުލާހުގައާއި ކުލާހުން ބޭރުގައި މަދަރުސާގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާގީ ކަންތައްތައް ބެލެހެއްޓުން.
  8. ޕޭރެންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.
  9. ދަރިވަރުންގެ ކުރިއެރުމާއިބެހޭ ގޮތުން ބެލެނިވެރިންނާއި، މަދަރުސާގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރުން.
  10. ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި މަދަރުސާއަށް އެހީތެރިވެ، އެއްބާރުލުންދިނުން.
  11. ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން.
  12. ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާސިލްވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާގީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.
  13. ރިލީފް ގަޑި ނެގުން.
  14. މަދަރުސާގައި ހިންގާ ކްލަބް ހަރަކާތްތައް ހިންގުން.
  15. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ހާލަތުގައި މަދަރުސާގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން.
  16. މަދަރުސާގެ ފަރާތުން އިންތިޒާމްކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން.
  17. މުދައްރިސުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުގައި ބައިވެރިވުން.
  18. ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.

މަޤާމުގެ އަސާސީ ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދު ތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

 

         

 

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަ­ށް އިންޓަވިއު ކޮށްގެން.

4. މީގެ އިތުރުން، ޓީޗިންސެޓްފިކެޓެއް އޮތްފަރާތެއްނަމަ އެފަރާތަކަށް އިސްކަންދެވޭނެއެވެ.

އިންޓަވިއު ކުރުން:

1. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ވަގުތު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއު އޮންނާނީ ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

2. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މިމަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް  ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

1.  ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

2.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ

3.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ  (ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެނުވަތައަމިއްލަ އިންސްޓިޓިއުޓެއްގެނުވަތައަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

1. މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާއަށެވެ.

2. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2019 މާރޗް 12 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 14 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ނ.އަތޮޅު ތަޢުލީމީ މަރުކަޒު ގައެވެ.  ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560019 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 

 

27 ޖުމާދިލްއާޚިރު 1440

04 މާރޗް 2019

04 މާރިޗު 2019
ހޯދާ