ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފްރީލާންސް ލެންގުއޭޖް އެޑިޓަރެއް ހޯދުން

ފްރީލާންސް ލެންގުއޭޖް އެޑިޓަރެއް ހޯދުން    

       

މި އޮތޯރިޓީން ޝާއިޢުކުރާ ރިޕޯޓް، އަތްމަތީ ފޮތް، ލީފްލެޓް، ފްލަޔަރ، ނިއުސްލެޓަރ އަދި މި ނޫންވެސް  ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަ ލިޔެކިޔުންތައް އެޑިޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.   

 

 

މަސައްކަތް

މި އޮތޯރިޓީން ޝާއިޢުކުރާ ރިޕޯޓް، އަތްމަތީ ފޮތް،  ލީފްލެޓް، ފްލަޔަރ، ނިއުސްލެޓަރ އަދި މި ނޫންވެސް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔެފައި ހުންނަ ލިޔެކިޔުންތައް  އެޑިޓްކޮށްދިނުން

ތައުލީމާއި މަސައްކަތުގެ ތަޖުރިބާ

  1. ބަހުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މި މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި
  3. ދިވެހި އަދި އިގިރޭސި ބަހުން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުމާއި ތަރުޖަމާކުރަން އެނގުން.

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މައުލޫމާތު/ ހުށަހަޅަންޖެހޭ ލިޔެކިއުންތައް

 

  1. ލިޔެކިޔުންތައް އެޑިޓްކޮށްދިނުމަށް ހުށަހަޅާ އަގު (އޭ4 ސައިޒްގެ ގަނޑެއްގެ 1 ފުށް، އެޑިޓްކޮށްދިނުމަށް ހުށަހަޅާ އަގު)
  2. އަންދާސީ ހިސާބު ހުށަހަޅާ ފަރާތުން މީގެ ކުރިން ކޮށްފައިވާ މިފަދަ ލިޔެކިޔުންތައް އެޑިޓްކުރުމާގުޅޭ މަސައްކަތުގެ މައުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ޕޯޓްފޯލިއޯ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  
  5. މަސައްކަތު ތަޖުރިބާ އެގޭނެ ލިޔުންތަކުގެ ކޮޕީ
  6. ލޭންގުއޭޖް އެޑިޓްކުރުމުގެ މަސައްކަތާއި ގުޅިގެން ލިބިފައިވާ ރިފަރެންސް ސިޓީތައް

އަންދާސީ ހިސާބު  އިވެލުއޭޓްކުރުމުގައި ބަލާނެ މިންގަނޑުތައް

  1. ހުށަހަޅާ އަގު %60
  2. ތައުލީމު %20
  3. ތަޖުރިބާއާއި ކުރިން ކޮށްފައިވާ ކަމާގުޅޭ މަސައްކަތުގެ ފެންވަރު %20

އިތުރު ތަފްސީލް

  1. މި މަސައްކަތަށް ހޮވޭ ފަރާތަކާއެކު 6 މަސްދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރެވި މަސައްކަތް ހަވާލުކުރެވެމުންދާނެއެވެ. ކޮންމެ މަސައްކަތަށް ވަކި އެއްބަސްވުމެއް ތައްޔާރުކުރެވޭނެއެވެ. މި ގޮތުން، މަސައްކަތުގެ އަގުގެ ގޮތުގައި ކަނޑައެޅޭނީ މި އިޢުލާނާ ގުޅިގެން ހުށަހަޅާ އަގެވެ.

 

ވީމާ، މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 11 މާރިޗު 2019 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.  ސުންގަޑީގެ ކުރިން އީމޭލް މެދުވެރިކޮށް [email protected] އަށް ފޮނުވާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.

އިތުރު މައުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

03 މާރިޗު 2019

03 މާރިޗު 2019
ހޯދާ