ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބައެއްގައި ރެޑީމޭޑް ޕާޓިޝަންޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ބޭނުންވާ އެހެނިހެން މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓުގެ ނޯޓިސްބޯޑު ބައިން ލިބެންހުންނާނެއެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 06 މާރޗް 2019 ވަނަ ދުވަހު 13:30 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައެވެ. އަދި މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 11 މާރޗް 2019
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
25 ޖުމާދަލްއާޚިރާ 1440