މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވަ ފައިލިންގ ކެބިނެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން 

މި މިނިސްޓްރީއަށް ބޭނުންވަ ފައިލިންގ ކެބިނެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީއަށް ފައިލިންގ ކެބިނެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 17 ފެބުރުއަރީ 2019 ގައި ކުރެވުނު އިޢުލާން ނަންބަރު 75/IUL)101-AF/1/2019) އަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

  • ފައިލިންގ ކެބިނެޓް
  1. 30 ފައިލިންގ ކެބިނެޓް (4 ވަތްގަނޑުލީ)
  2. 10 ފައިލިންގ ކެބިނެޓް (3 ވަތްގަނޑުލީ)

  ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާކަން މައޫލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބިޑް ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، މަސައްކަތް އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ.

 އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނުމަގު)ށެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3333117 ، 3323668އަށް ގުޅުއްވުން އެދެމެވެ.

                                    -------------------

 

 

 

28 ފެބުރުވަރީ 2019
ހޯދާ