މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކ. މަނިޔަފުށީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މެރިކަލްޗަރ ފެސިލިޓީ އަދި ގއ.މާނާގަލާގައި (ގއ.މަޓުގައި) ޤާއިމުކުރުމަށް ހަމަޖެހިފައިވާ މަލްޓި ސްޕީޝީޒް ހެޗަރީގެ މަސައްކަތް ސުޕަރަވައިޒް ކުރާނެ ފަރާތެއް ހޯދުމާ ބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު 

ކ. މަނިޔަފުށީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މެރިކަލްޗަރ ފެސިލިޓީ އަދި ގއ.މާނާގަލާގައި (ގއ.މަޓުގައި) ޤާއިމުކުރުމަށް ހަމަޖެހިފައިވާ މަލްޓި ސްޕީޝީޒް ހެޗަރީގެ މަސައްކަތް ސުޕަރަވައިޒް ކުރާނެ ފަރާތެއް ހޯދުން

MV-MOFA-92435-CS-QCBS 

ސަސްޓެއިނަބުލް ފިޝަރީޒް ރިސޯސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް

Grant No.: D175-MV

1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ ސަސްޓެއިނެބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕަމަންޓް ޕްރޮޖެކްޓުގެ ދަށުން ކ. މަނިޔަފުށީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މެރިކަލްޗަރ ފެސިލިޓީ އަދި ގއ.މާނާގަލާގައި (ގއ.މަޓުގައި) ޤާއިމުކުރުމަށް ހަމަޖެހިފައިވާ މަލްޓި  ސްޕީޝީޒް ހެޗަރީގެ މަސައްކަތް ސުޕަރަވައިޒް ކުރާނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓިންގ ފާމްތަކުން، ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރ) އާއި އެއްގޮތަށް ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

3. މިމަސައްކަތްތަގެ ތެރޭގައި ހިމެނެނީ ޓާރމްސް އޮފް ރިފަރެންސް އާއި އެއްގޮތަށް ކޮންސްޓްރަކްޝަން މަސައްކަތް ސުޕަވައިޒްކުރުމެވެ. އަދި މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މުއްދަތަކީ 14 މަސްދުވަހެވެ.  

4. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން  ޖުލައި 2016ގައި ތައްޔާރުކޮށް ރިވައިޒްޑް ނޮވެންބަރު 2017 އަދި އޮގަސްޓް 2018ގެ (ޕްރޮކިއުމަންޓް ރެގިއުލޭޝަން) ބިޑިންގ ޕްރޮސެސްގެ ދަށުންނެއެވެ.

5. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

6. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 17 މާރިޗު 2019 ވާ އާދިއްތަ ދުވަހުގެ 1300 ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އަހުމަދު މުޖުތަބާ

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން:3349102 ،3349106

އީމެއިލް އެޑްރެސް [email protected] :

[email protected]

28 ފެބުރުވަރީ 2019
ހޯދާ