ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ލައިބްރަރީގައި ތަށިމުށިޖެހުން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލްގެ ލައިބްރަރީގައި ތަށިމުށި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: 007 GS53/IUL/2019/( 10 ފެބްރުވަރީ 2019 ) އިޢުލާނާ ގުޅިގެން ޞައްޙަ 3 ބިޑް ހުށަހަޅުއްވާފައި ނުވާތީ، އެ އިޢުލާނު ބާޠިލްކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު  2 ވަނަ ފަހަރަށް ހުޅުވާލަމެވެ. 

 ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 26 ފެބްރުވަރީ 2019 އިން 06 މާރިޗް 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

 މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 މާރިޗް 2019 (ބުދަ) ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 07 މާރިޗް 2019 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.

  • ބިޑް ހުޅުވުން އޮންނާނީ 13 މާރިޗް 2019 ވާ (ބުދަ) ދުވަހުގެ11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.

 ނޯޓް : ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ·    ޖަލާލުއްދީން ސްކޫލް / ހދ.ކުޅުދުއްފުށި
  • ފޯން:  6528815, 6528873
  • އީ-މެއިލް: [email protected]

21 ޖުމާދުލްއާޚިރާ 1440

26 ފެބްރުވަރީ 2019

26 ފެބުރުވަރީ 2019
ހޯދާ