މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ އީ.މެއިލް ސަރވަރ މައިކްރޯސޮފްޓް އޮފީސް 365 އެންޓަރޕްރައިޒް E1 އަށް ބަދަލުކުރުމާބެހޭ

މި މިނިސްޓްރީގެ އީ.މެއިލް ސަރވަރ މައިކްރޯސޮފްޓް އޮފީސް 365 އެންޓަރޕްރައިޒް E1 އަށް ބަދަލުކުރުމަށް ބޭނުންވެއެވެ.

މަޢުލޫމާތު ދިނުން:                 3 މާރޗް 2019، 13:30 އަށް

އަންދާސީ ހިސާބު ހުށަހެޅުން:          7 މާރޗް 2019، 13:30 އަށް

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަންގެ 6ވަނަ ފްލޯރ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ފެބުރުވަރީ 2019
ހޯދާ