އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: A)CA-2019/113)

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

މި ކޮމިޝަނުގެ ނަންބަރު A)CA-2019/23) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީތަކުގެ ޕްރައިމެރީގައި ބައިވެރިވެ، ނާކާމިޔާބުވެފައިވާ ފަރާތްތަކަށް، އެފުރުޞަތު 2019 ފެބްރުވަރީ 25 ވާ ހޯމަ ދުވަހުން ފެށިގެން 2019 މާރިޗު 04 ވާ ހޯމަ ދުވަހުގެ ހަވީރު 04:00ގެ ނިޔަލަށް ހުޅުވާލުމަށް ސުޕްރީމް ކޯޓުން މި ކޮމިޝަނުގެ މައްޗައް އަމުރުކޮށްފައިވާތީ، 06 އެޕްރީލް 2019 ވާ ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، ސިޔާސީ ޕާޓީތަކުގެ ޕްރައިމެރީގައި ބައިވެރިވެ، ނާކާމިޔާބުވެފައިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު، 2019 ފެބްރުވަރީ 25 ވާ ހޯމަ ދުވަހުން ފެށިގެން 2019 މާރިޗު 04 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އާ ހަމަޔަށް ހުޅުވާލައިފީމެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2019 ފެބްރުވަރީ 25 ވާ ހޯމަ ދުވަހުން ފެށިގެން 2019 މާރިޗު 04 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)ގައެވެ. ރަސްމީ ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރުފަހު 03:00 އާ ހަމަޔަށް، ރަސްމީ ބަންދު ދުވަސް ތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އާ ހަމައަށް، ހުކުރު ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 އިން ހަވީރު 5:00 އަށް އަދި 2019 މާރިޗު 04 ވާ ހޯމަ ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން ހަވީރު 16:00 އާ ހަމަޔަށެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް މި ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

20 ޖުމާދުލްއާޚިރާ 1440

25 ފެބުރުވަރީ 2019
ހޯދާ