މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުން

އިޢުލާން

ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުން.

                ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ރައްޔިތުންނަށް ބޭއްވޭ ބައްދަލު ވުމެއް، މި ހިނގާ ފެބްރުއަރީ މަހުގެ 27 ވާ ބުދަ ދުވަހުގެ ރޭ 08:45 ގައި، ނ.މިލަދޫ ހިދާޔާ ސްކޫލްގައި އޮންނާނެއެވެ.

                މި ބައްދަލު ވުމުގައި ރައްޔިތުންނާ މަޢުލޫމާތު ޙިއްޞާ ކުރާނީ، 2018 ވަނަ އަހަރުގެ ނ.މިލަދޫ ކައުންސިލްގެ އަހަރީ ރިޕޯރޓާއި، މާލީ ރިޕޯރޓާއި އަދި ނ.މިލަދޫ ކައުންސިލްގެ އޮޑިޓް ރިޕޯރޓާ ގުޅޭގޮތުންނެވެ.

                ރައްޔިތުންނާ ބައްދަލުކޮށް، މި ދެންނެވި މަޢުލޫމާތު ޙިއްޞާ ކުރިނަމަވެސް، މި މަޢުލޫމާތުތައް، މިއަދުން ފެށިގެން، ރަސްމީ ގަޑިގައި ބެއްލެވޭނެ އިންތިޒާމް މި އިދާރާގައި ހަމަޖެހިފައިވާ ކަމުގައިވެސް ދަންނަވަމެވެ،

                މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

25 ފެބުރުވަރީ 2019
ހޯދާ