މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމް :މުނިސިޕަލް ސަރވިސް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ތިރީގައި މިދަންނަވާ މަގާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-276913

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 01

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޥަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ / ބ. ހިތާދޫ

މުސާރަ

-/5610 ރުފިޔާ (މަހަކު)

ސަރވިސް އެލަވަސް

-/2000 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  3. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  4. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/700 ރުފިޔާ (މަހަކު).

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      ރަށުގެ މަގުތަކާއި ޕާކުތަކާއި މައިދާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވާ ބަންދުކުރުމުގެ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން.

2-      މިސްކިތްތަކަށް ލިބޭ ގެއްލުންތައް ބަލާ، މަރާމާތުކުރަންޖެހޭ ކަމެއްހުރިނަމަ، އެކަމެއް ޒިންމާދާރުވެރިޔާ ނުވަތަ ސެކްޝަން ހެޑްގެ ސަމާލުކަމަށްގެނެސް، އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.

3-      ރަށުގެ ބަނދަރާއި، މަގުތަކާއި، އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ ކަންކަން ޒިންމާދާރު ވެރިޔާ ނުވަތަ ސެކްޝަން ހެޑް އަންގާ ގޮތެއްގެ މަތިން ކުރުން

4-      ރަށުގެ ކުނިނައްތާލުމުގެ ނިޒާމާއިބެހޭ ގޮތުން ހަމަޖައްސަންޖެހޭ އެންމެހާ ކަންކަން ސްޕަވައިޒްކޮށް ބަލަންޖެހޭ މަސައްކަތްތައް ބެލުން

5-      މަގުމަތި ބައްތިތައް ދިއްލުމާއި، މަރާމާތުކުރުމުގެ  އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން.

6-      ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ، ބެލެހެއްޓުން.

7-      ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން ފިހާރަތަކާއި، ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ގެސްޓްހައުސްތަކާއި، އޮޑިދޯނިފަހަރުގެ ސާރވޭކޮށް، ހުއްދަދޫކުރުމަށް ކަމާބެހޭ މުވައްޒަފަކާއި ނުވަތަ ސެކްޝަނާއި ހަވާލުކުރުން

8-      ހިތާދޫ ލޭންޑްޔުސް ޕްލޭންގައިވާ ގޮތުގެމަތިން އެކި ކަންކަމަށް ބިންދޫކުރުމަށް ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ހޯދުމާއި، ބިމާއިބެހޭގޮތުން ކުރަންޖެހޭ  މަސައްކަތްތައް ޒިންމާދާރުވެރިޔާ / ސެކްޝަން ހެޑް އަންގާގޮތެއްގެ މަތިން ކުރުން.

9-      ބިމާއި ބެހޭގޮތުން ހައްދަންޖެހޭ އެކިއެކި ރަޖިސްޓްރީތައް ހެއްދުން.

10-  ސެކްޝަނާއި ޙަވާލުކުރެވިފައި ހުންނަ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބަލަހައްޓާ، ލިޔެކިޔުންތައް ވަކި އިންތިޒާމެއްގެ މަތިން ފައިލްކޮށް، ނައްތާލަންޖެހޭ ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ނައްތާލުން.

11-  ރަސްމީގަޑިގައާއި ނުރަސްމީ ގަޑީގައި އޮފީސް ހުޅުވާ ލެއްޕުން.

12-  އިދާރީ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންނާއި ގުޅުންހުރި އަސާސީ ޚިދުމަތްތައް ހަލުވިކަމާއެކުކޮށް، ދުވަހުން ދުވަހުން ނިންމުން

މަޤާމުގެ ޝަރުޠުތައް:

1-      ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖުމަންޓް، ޕަބްލިކް އެޑްމިނިސްޓރޭޝަން، އާބަން ސްޓަޑީޒް، ގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލެވޭ ބައިތައް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ކެޓެގަރީރެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

65

35

40

މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިހާން

ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން

12

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަވިއު/ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

230

100

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

-          މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އީމެއިލް ކުރައްވާނަމަ ސުންގަޑީގެ ކުރިން  އީމެއިލް ލިބުނުކަން ކަށަވަރުކުރުމަކީ އީމެއިލް ކުރައްވާ ފަރާތުގެ ޒިންމާއެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު   އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 05 މާރިޗު 2019 އާއި 30 މާރިޗު 2019 އާއި ދެމެދު މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލް އިދާރާ ގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިއްބެވުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6600007 ނަންބަރު ފޯނަށެވެ. އީމެއިލް ކުރައްވާނީ    [email protected] އަށެވެ.

24 ފެބުރުވަރީ 2019
ހޯދާ