އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
• އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ޕްރެކްޓިކަލް އިމްތިޙާނު ދޭނެ އެގްޒަމިނަރުން ހޯދުން

މި ކައުންސިލުން ދޫކުރާ އެއްގަމުގައި ދުއްވާއިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ޕްރެކްޓިކަލް އިމްތިހާނު ދެއްވާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. އިމްތިހާނު އޮންނާނީ މި ކައުންސިލުން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

 

 އަންހެން އެގްޒަމިނަރުން:

-           ބޭނުންވާ ޢަދަދު: 08 ( އަތޮޅުގެ ކޮންމެ ރަށަކުން 1 )

ޝަރުޠު:

-          ދަށްވެގެން A ،A1 ގިންތީގެ ލައިސަންސް އޮތުން

-          ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތު ވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް.

-          ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 3 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ޞިއްޙަތެއްގައި ހުރުން.

-          އއ. އަތޮޅު ކައުންސިލްގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

-          ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

ފިރިހެން އެގްޒަމިނަރުން:

-          ބޭނުންވާ ޢަދަދު: 07 ( އއ. މަތިވެރި ފިޔަވާ އަތޮޅުގެ ކޮންމެ ރަށަކުން 1 )

 

ޝަރުޠު:

-          ދަށްވެގެން A ،A1 ،B1 ،B2 ،C1 ،C2 ގިންތީގެ ލައިސަންސް އޮތުން

-          ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތު ވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމް.

-          ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުމާ ރަނގަޅު ޞިއްޙަތެއްގައި ހުރުން.

-          އއ. އަތޮޅު ކައުންސިލްގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

-          ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

އުޖޫރަ:

-          ޓެސްޓް ކުރާ ކޮންމެ A,A1 ކެޓެގަރީގެ އުޅަނދަކަށް -/25 ރުފިޔާ.

-          އެހެނިހެން ކެޓަގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/30 ރުފިޔާ.

-           

އިމްތިހާނު ބާއްވާނެ ތަނާއި، ވަގުތު:

-          އިމްތިހާނު ބާއްވާނެ ތާނާއި، ވަގުތު ކަނޑައަޅާނީ މި ކައުންސިލުން.

 

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 05 މާރޗް 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެއްގަމު ލައިސަންސް ކޮޕީއާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕޮލިސްރިޕޯޓް އަދި ވަނަވަރާއެކު ސިޓީއަކުން މި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

21 ފެބުރުވަރީ 2019
ހޯދާ