މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ރ. ވަންދޫ ވެހިކަލް ޝެޑް އެކްސްޓެންޑް ކުރުމާއި، 2 ވޭސްޓް ސްޓޯރިންގ ބިލްޑިންގ އެކްސްޓެންޑް ކުރުމުގެ މަސައްކަތާއި، އިތުރު ވޭސްޓް ސްޓޯރޭޖް އިމާރާތެއް އެޅުމުގެ މަސައްކަތް

ބީބީލަން ހުށަހެޅުމުގެ ދަޢުވަތުތު

ރ. ވަންދޫ ވެހިކަލް ޝެޑް އެކްސްޓެންޑް ކުރުމާއި، 2 ވޭސްޓް ސްޓޯރިންގ ބިލްޑިންގ އެކްސްޓެންޑް ކުރުމުގެ މަސައްކަތާއި،އިތުރު ވޭސްޓް ސްޓޯރޭޖް އިމާރާތެއް އެޅުމުގެ މަސައްކަތް

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

  1. ދިވެހި ސަރުކާރަށް ވާރލްޑް ބޭންކުގެ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.އީ. ސީ. ޕީ) ދަށުން ރ. ވަންދޫ ވެހިކަލް ޝެޑް އެކްސްޓެންޑް ކުރުމާއި، 2  ވޭސްޓް ސްޓޯރިންގ ބިލްޑިންގ އެކްސްޓެންޑް ކުރުމުގެ މަސައްކަތާއި، އިތުރު ވޭސްޓް ސްޓޯރޭޖް އިމާރާތެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

 2. މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ އެދިލެއްވުމުގެ މަތިން، 2  ވޭސްޓް ސްޓޯރިންގ ބިލްޑިންގ އެކްސްޓެންޑް ކުރުމުގެ މަސައްކަތާއި، އިތުރު ވޭސްޓް ސްޓޯރޭޖް އިމާރާތެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 3. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި. ސީ. ބީ) އުޞޫލުގެ މަތިން، ވާރލްޑް ބޭންކްގެ "ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް ފޮރ އައި.އެފް.ޕީ. އެފް ބޮރޮވަރސް"(ޖުލައި (2016 )ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް) އުޞޫލުންނެވެ. ވީމާ މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސްގައިވާ ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 4. ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާ ނުވަތަ 100.00(ސަތޭކަ) ޔޫ.އެސް.ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 24 ފެބުރުވަރީ 2019 އިން13 މާރިޗު 2019އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 އަށް މި މިނިސްޓްރީއިންނެވެ.

 5. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  24 ފެބުރުވަރީ 2019 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

 6. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 7 މާރިޗު 2019ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 7 ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 10,000/-ރ (ދިހަހާސް ރުފިޔާނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރު) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

 8. ބީލަން ހުޅުވުން އޮންނާނީ 14 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349106       3349296

އީ-މެއިލް : [email protected]

ކޮޕީ    : [email protected]

 

21 ފެބުރުވަރީ 2019
ހޯދާ