ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަހަރީ ޢާއްމު ޖަލްސާގެ ދަޢުވަތު

އިޢުލާން

އަހަރީ ޢާއްމު ޖަލްސާގެ ދަޢުވަތު:

ތިނަދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ބާއްވާ ބައްދަލުވުން 2019 ފެބްރުވަރީ 26 ވަނަ ދުވަހުގެ ރޭ 20:30 ގައި އަބާދީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމަގައި ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓާއި، މާލީ ރިޕޯޓާއި އޯޑިޓް އަދި ތިނަދޫގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް 2019 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ ރައްޔިތުންގެ ޚިޔާލު ހޯދުމަށްވަނީ ހަމަޖެހިފައެވެ.

           ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ތިނަދޫގެ އެންމެހާ ރައްޔިތުންނަށް ދައުވަތު އެރުވީމެވެ.

 މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

19 ފެބުރުވަރީ 2019
ހޯދާ