މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"މޯލްޑިވްސް ރިފޯމް މޫވްމަންޓް" ނަން ޖަމްޢިއްޔާގެ ދަފްތަރުން އުނިކުރުމާ ގުޅޭ

 

އިޢުލާން

 

                                               ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ، "މޯލްޑިވްސް ރިފޯމް މޫވްމަންޓް" (ރަޖިސްޓަރީ ނަންބަރު: T/2008/37/18) އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް މިހާތަނަށް ފުރިހަމަކޮށްފައި ނުވާތީއާއި،

އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިންގާ ކޮމިޓީއެއް އެކުލަވާލާފައި ނުވާތީއާއި، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަމްޢިއްޔާގެ ރަޖިސްޓްރާރަށް ލިބިގެންވާ ބާރުގެދަށުން، 13 މާރިޗު 2008 ގައި ރަޖިސްޓަރީކޮށްފައިވާ އެޖަމްޢިއްޔާގެ ރަޖިސްޓަރީ 19 ފެބްރުއަރީ 2019 އިން ފެށިގެން ބާޠިލްކޮށް،

އެޖަމްޢިއްޔާގެ ނަން ޖަމްޢިއްޔާގެ ދަފްތަރުން އުނިކޮށްފީމެވެ.

                                              މިހެންވެ،  މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

                                              14 ޖުމާދަލްއާޚިރާ 1440

19 ފެބުރުވަރީ 2019
ހޯދާ