ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ގދ. ފަރެސްމާތޮޑާ އެއަރޕޯޓް އަޅާ ސަރަހައްދުގައި ހުރި ރުއްގަސް ނެގުމާއި އެހެން ސަރަހައްދެއްގައި އިންދުން

  ގދ. ފަރެސްމާތޮޑާ އެއަރޕޯޓް އަޅާ ސަރަޙައްދުގައި ހުރި ރުއްގަސް ނެގުމާއި އެހެން ޞަރަޙައްދެއްގައި އިންދުން

           

            ގދ. ފަރެސްމާތޮޑާ އެއަރޕޯޓް އަޅާ ސަރަޙައްދުގައި ހުރި ރުއްގަސް ނަގައިގެން ގެންގޮސް އިންދުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޝަލް ހުށަހެޅުމަށް ޢާއްމުކޮށް ހުޅުވާލަމެވެ.

 

            ވީމާ، މަތީގައި ބަޔާންކުރެވުނު ރުއްގަސް އަމިއްލަ ޚަރަދުގައި ނަގައިގެން ގެންގޮސް އިންދުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 26 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 11:45 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 05 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ 11:45 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން ޕްރޮޕޯޝަލް ހުށައެޅުއްވުން އެދެމެވެ.

            ޕްރޮޕޯޝަލް ހުށަހަޅުއްވާއިރު މި މަސައްކަތް ކުރައްވާނެ ގޮތުގެ ޓެކްނިކަލް މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ. މިގޮތުން ރުއްގަސް ނަގާނެ ގޮތާއި، އުފުލާނެ ގޮތާއި، އިންދާނެ ތަނުގެ މަޢުލޫމާތާއި މުއްދަތު ހުށަހަޅުއްވަންވާނެއެވެ.

        ރުއްގަސް ގެންދިޔުމުގެ ހުއްދަ ދެވޭނީ މިކަމަށް އެދި ޕްރޮޕޯޝަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަގަޅު ޕްރޮޕޯޝަލެއް ހުށަހަޅުއްވާ ފަރާތަކަށެވެ.

 

        13 ޖުމާދަލްއާޙިރާ 1440

        18  ފެބުރުވަރީ  2019

 

 

 

 

ގެޒްޓް: 19 ފެބުރުވަރީ 2019 އިން 26 ފެބުރުވަރީ 2019 ގެ ނިޔަލަށް ގެޒްޓްގައި ޟާއިރުކުރުމަށް.   

18 ފެބުރުވަރީ 2019
ހޯދާ