އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އޮބްޒާވްކުރުމަށްއެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ނަންބަރު: A)CB-2019/81)

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އޮބްޒާވްކުރުމަށްއެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

މި ކޮމިޝަނުގެ ނަންބަރު A)CB-2019/31) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތައް)  އޮބްޒާވަރަކަށް ވުމަށް އެދި  ކުރިމަތިލުމުގެ މުއްދަތު 28 ފެބްރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 ގެ ނިޔަލަށް އިތުރުކުރުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ. 

ސިޔާސީ ޕާޓީތަކުން އޮބްޒާވްކުރުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ މުއްދަތު ހަމަވުމުގެ ކުރިން އިންތިޚާބީ މަރުކަޒު (ބާޖަމާލުއްދީން) ގެ ކާޑް ސެންޓަރަށެވެ. މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅާނީ މުއްދަތު ހަމަވުމުގެ ކުރިން މާލެއިންނަމަ، އިންތިޚާބީ މަރުކަޒު (ބާޖަމާލުއްދީން) ގެ ކާޑް ސެންޓަރަށް، އަދި އަތޮޅުތަކުންނަމަ، އެއަތޮޅެއްގައި ޤާއިމްކުރެވިފައިވާ އަތޮޅު އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ނުވަތަ ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓަށެވެ.

އޮބްޒާވަރުންގެ ފޯމް ބަލައި ގަންނަން ހަމަޖެހިފައިވަނީ 05/02/2019 ވާ އަންގާރަ ދުވަހުން ފެށިގެން 28/02/2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 4:00  އަށް އަދި ކޮންމެ ހޮނިހިރު ދުވަހަކު ހެނދުނު 10:00 އިން ހަވީރު 04:00 އަށެވެ. އަދި 28 ފެބްރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ން ހަވީރު 03:00 ށެވެ.

އަދި އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑްކުރެއްވޭނެއެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޖުމާދަލްއާޚިރާ 1440

18 ފެބުރުވަރީ 2019
ހޯދާ