ދިވެހިރާއްޖެ
ު:FNK-I/IUL/2019/042
އިޢުލާން
ހދ. ކުޅުދުއްފުށީ އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ހދ. ކުޅުދުއްފުށީ އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ FNK-I/IUL/2019/034 އިޢުލާނާއި ގުޅިގެން މައުލޫމާތު ދިނުން (ޕްރީ ބިޑް މީޓިން 19 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ބަދަލު ކުރެވިފައިވާތީ، އެކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 27 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
12 ޖުމާދަލް އާޙިރާ 1440
17 ފެބްރުއަރީ 2019