މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
21 ވަނަ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް 2019

 

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 8 އޭޕްރިލް 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 21 ވަނަ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން 17 މާރިޗު 2019 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން ބައިވެރިވާ އުމުރުފުރާ އާއި މިމުބާރާތާއި ގުޅިގެން މިއެސޯސިއޭޝަނުން އެ ސްކޫލަކާއެކު މުއާމަލާތް ކުރާނެ ފާރާތެއްގެ ނަމާއި ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނޭގޮތަށް ލިޔުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ. އަދި ޓީމްލިސްޓް 24 މާރިޗު 2019 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުންއެދެމެވެ.

މިމުބާރާތުގެ ޤަވާއިދާއި ޓީމްލިސްޓް ހުށަހަޅާ ފޯރމްގެ އިތުރުން މުބާރާތާއިބެހޭ މަޢުލާމާތު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

 

މިމުބާރާތް ހުޅުވާލެވިފައިވަނީ ތިރީގައި މިދަންނަވާ އުމުރު ފުރާތަކަށެވެ.

 

12 އަހަރުން ދަށް ( އަންހެން / ފިރިހެން )

14 އަހަރުން ދަށް ( އަންހެން / ފިރިހެން )

16 އަހަރުން ދަށް ( އަންހެން / ފިރިހެން )

18 އަހަރުން ދަށް ( އަންހެން / ފިރިހެން )

18 ފެބުރުވަރީ 2019
ހޯދާ