ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެށިފާރަވެރިޔާ

އިޢުލާން

ނަންބަރު:WAMCO-HR/IUL/2019/010

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ވެށިފާރަވެރިޔާ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/9,000 ރުފިޔާ (ކަނޑައެޅިފައިވާ އިނާޔަތްތަކާއެކު)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ރ. ވަންދޫ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

10

ޝަރުޠު

  1. ދިވެހި ރައްޔިތެއް ކަމުގައިވުން
  2. ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  -1ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ސައިޓުގެ ޑިއުޓީ ރޮސްޓަރ އާއި އެއްގޮތަށް ދުވަހުން ދުވަހަށް ޑިއުޓީ އަދާކުރުން.

  -2ސައިޓުގައި (ޑިއުޓީ ގަޑީގައި) އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުން.

  -3ސައިޓުގައި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއް ގޮތައް މަސައްކަތްތައް ކުރުން އަދި އުސޫލާއި ހިލާފަށް ހިނގާ މަސައްކަތްތައް ފާހަގަކޮށް ސުޕަވައިޒަރއަށް ރިޕޯރޓްކުރުން

4- ސައިޓުގައި މަސައްކަތްކުރުވުމަށް ތިބޭ ސުޕަވައިޒަރުންގެ އެންގުންތަކާއި އެއް ގޮތައް މަސައްކަތްތައް ކުރުން

  - 5ސައިޓުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދިއުން އަދި ސައިޓުގައި ދިމާވާ މައްސަލަތައް ސުޕަވައިޒަރުންނައް އަންގައިގެން ހައްލުކުރަން މަސައްކަތްކުރުން.

  -6ކޯޕަރޭޝަނުން ވަންދޫގައި ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ އެންމެހާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

  ވަންދޫ ފެސިލިޓީގެ އެކިއެކި ޑިޕާރޓްމަންޓްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި  އޮފީހުން އަންގާ ގޮތެއްގެ މަތީން އަމަލީގޮތުން ބައިވެރިވުން.

7- ވަންދޫއަށް ގެނެވޭ ތަކެއްޗާއި، ވަންދޫގައި ހުރި ތަކެއްޗާއި ތަންތަނާއި މީހުން ގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ކޯޕަރޭޝަންގެ ވިޔަފާރިއާއި މަސައްކަތަށް އުނިކަމެއް އަންނާނެފަދަ އެއްވެސް އަމަލެއް ނުހިންގުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން
  • މީހުންނާއި ރަނގަޅަށް މުއާމަލާތްކުރަން އިނގޭ ފަރާތެއްކަމުގައިވުން

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

25 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ސައިޓަށް ނުވަތަ [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަރވިއު:

- އިންޓަރވިއު 27 ފެބްރުއަރީ 2019 އިން 04 މާރިޗު 2019 އަށް ކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.

13 ޖުމާދުލްއާޚިރާ 1440

18 ފެބްރުއަރީ 2019

 

18 ފެބުރުވަރީ 2019
ހޯދާ