މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ދެ ވެހިކަލް ސަރވިސްކުރުމަށް

ނަންބަރ: MMS-A/2019/04

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

މި ސަރވިސްގެ ހުޅުލޭގައި ދުއްވާ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ފުރަތހަމަ ނަންބަރ MMS-A/2019/03 އިޢުލާންއާއި ގުޅިގެން ތިން ފަރާތުން ބިދް ހުށަހަޅަން ހާޟިރުވެފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މި ސަރވިސްގެ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 25 ވާ ހޯމަ ދުވަހުގެ11:00  އަށް ހުޅުލޭގައި  (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގަ) ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ވެހިކަލް ބަލަައިލަން ބޭނުންވާ ފަރާތްތަކުން 2019 ފެބްރުއަރީ 19 ވަނަ ދުވަހުން 24 ވަނަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 ން ހަވީރު 4 އާ ދެމެދު 3323084 އާއި ގުޅުއްވާފައި މިއޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަސައްކަތުގެ ތަފްޝީލް

  •  މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލޭގައި ދުއްވާ ރަޖިސްޓްރީ ނަންބަރ C1A2379   ޕިކަޕްގެ ތިރީގައި މިދަންނަވާ ކަންތައްތައްކުރުން
  1. ފުލް ސަރވިސް ކޮށްދިނުން (ފިލްޓަރ ބަދަލުކުރުމާއި އެކު)
  2. ވެހިކަލް ޗެސިސްއިން ދަބަރު ކަހާ އަންޑަރކޯޓް ދުއްވުން
  3. ބުރެކި ސަރވިސްކުރުން
  4. ގިއަރ ސަރވިސްކުރުން
  5. އެއަރކޮންޑިޝަން ސަރވިސްކުރުން
  6. އަޑީތެޔޮ، ކޫލަންޓް، ބުރެކިތެޔޮ، ގިޔަރު ތެޔޮ، ސްޓީއަރިންގ ތެޔޮ ބަދަލުކުރުން/ހަމަކުރުން
  7. ސްޕެއަރ ފުރޮޅުގެ ޓަޔަރު ބަދަލުކުރުން

 

  •  އަދި ރަޖިސްޓްރީ ނަންބަރ  B1A5458ޖީޕްގައި ކުރަންހުރި މިދަންނަވާ ކަންތައްތަށް ކުރުން.
  1. ވެހިކަލް ފުލް ސަރވިސްކުރުން
  2. ބުރެކި ސަރވިސްކުރުން
  3. ގިއަރ ސަރވިސްކުރުން
  4. އަޑީތެޔޮ، ކޫލަންޓް، ބުރެކިތެޔޮ، ގިޔަރު ތެޔޮ، ސްޓީއަރިންގ ތެޔޮ ބަދަލުކުރުން/ހަމަކުރުން
  5. އެއަރ ކޮންޑިޝަން ސަރވިސްކުރުން
  6. ކަނާތު ލޯގަނޑު ބަދަލުކުރުން
  7. ސްޕެއަރ ފުރޮޅުގެ ޓަޔަރު ބަދަލުކުރުން

 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

13 ޖުމާދަލްއާޙިރު 1440

 

18 ފެބުރުވަރީ 2019
ހޯދާ