ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ޕްރިންޓަރ

މަޤާމް:

 ޕްރިންޓަރ

މަޤާމްގެ ނަންބަރު:

 J-257422

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

 އެސް.އެސް 3

މަޤާމުގެ ކުލެސިފިކޭޝަން:

 ސަޕޯޓް ސްޓާފް ގްރޭޑް 3

ސެކްޝަން:

 އެޑްމިން ސެކްޝަން

މަޤާމު އޮތް އޮފީސް:

 ރެހެންދި ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން :

 ރެހެންދި ސްކޫލް/ ހުޅުމާލެ

މުސާރަ:

 މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/1000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސަޕޯޓިންގ ކޯރ އެލަވަންސް  މަހަކު -/1200ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
  2. ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ބޭއްވޭ ތަފާތު ޓެސްޓްތައް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕްރިންޓްކޮށް ކްލާސް ލިސްޓް ތަކުގެ އަދަދަށް ޕެކްކުރުން.
  3. ކޮންމެ ދުވަހަކުވެސް ޕްރިންޓް ކުރުމަށް ލީޑިންގ ޓީޗަރ އެޕްރޫވްކޮށްފައިވާ ސްލިޕްގައިވާ ގޮތުގެ މަތިން ޕްރިންޓްކޮށް ނުވަތަ ފޮޓޯކޮޕީ ނެގުމަށްފަހު ރައްދު ކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
    1. ކޮންމެ ދިރާސީ އަހަރެއް ފެށުމަށްޓަކައި ޕްރިންޓްކޮށް ފޮޓޯކޮފީނަގާ ބައިޑް ކުރަން ޖެހޭތަކެތި ބައިންޑްކޮށް ލެމިނޭޓްކުރުން.
    2. ސްކީމް ފޮތް ތައްޔާރުކުރުން..
    3. ކިޔަވައިދިނުމަށް ބޭނުންވާ ހޭންޑްއައުޓް، ވޯކްޝީޓްސް، މުޤައްރަރު އަދި މަންހަޖްފަދަތަކެތި، ޕްރިންޓްކޮށް ކިޔަވައިދިނުމަށް ދަތިނުވާނެގޮތުގެ އިންތިޒާމު ހަމަޖެއްސުން.
    4. ދަރިވަރުންގެ ފައިދާއަށް ހިންގޭ އިތުރު ޙަރަކާތްތަކާއި މުވައްޒަފުންނަށް ހިންގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމްތަކަށް ބޭނުންވާ މެޓީރިއަލްސް އާއި ކަނޑައެޅިފައިވާ ސެޓްފިކެޓްތައް އުސޫލުގެ މަތިން ޕްރިންޓްކުރުން.  
    5. އެކި އެކި ރަސްމިއްޔާތުތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ، ދަޢުވަތުކާޑާއި، ބެނާ، ލީފްލެޓްފަދަތަކެތި ތައްޔާރުކުރުމުގައި އެހީތެރިވެ، އެތަކެތި ޕްރިންޓްކުރުން.
    6. ޕްރިންޓްކުރުމަށް ބޭނުންކުރާ، ކަރުދާހާއި، ކާޓްރިޖްފަދަތަކެތި، ޕްރިންޓްކުރުމަށް ދަތިނުވާނޭހެން ހޯދުމަށްޓަކައި ކަމާއި ގުޅުންހުރި މުވައްޒަފުންނަށް ހުށަހެޅުން.

މަޤާމުގެ ޝަރުޠައް:

މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ގްރޭޑް 7 ނިންމާފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

ދާއިރާ:

ކްލެރިކަލް ސަޕޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެwww.csc.gov.mv ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮަތަށް).

3 -   ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4 - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 5 - ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ހ – މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

ށ . މަތީ ތައުލީމް ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6 - ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ  ކޮޕީ.

7 – ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8 -  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

       ހ . ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        ށ . އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރިމުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ފެބްރުވަރީ 27 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ރެހެންދި ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected] އެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ފެބްރުވަރީ 28 އާއި 2019 މާރިޗު 6 އާ ދެމެދު، ރެހެންދި ސްކޫލް ގައެވެ.ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3359901 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނި  [email protected] އަށެވެ.

 

13 ޖުމާދުލްއާޚިރާ 1440

 

18 ފެބުރުވަރީ 2019
ހޯދާ