ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ކައުސެލިންގގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 

ޤާނޫނު ނަމްބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު)ގެ ދަށުން އަނިޔާ ލިބޭ މީހުންނަށް ކައުންސެލިންގ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ.   

       

މި އޮތޯރިޓީގެ ނަންބަރު (IUL)450/1/2019/6 އިޢުލާނުގައި ލިޔުމުގެ ކުށެއް ހިމެނިފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، ޤާނޫނު ނަމްބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު)ގެ (64) ވަނަ މާއްދާގެ ދަށުން 'ކުށުގެ ޝިކާރައަށްވާ ފަރާތްތައް ނަފްސާނީ ގޮތުން ދިމާވެދާނެ އުނދަގުލެއް ލުއި ކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކައުންސެލިންގ ގެ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

 

މަސައްކަތް

ޖިންސީ ކުށުގެ ޤާނޫނުގެ (17/2014) ދަށުން އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން 

ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައުލޫމާތު

 

  1. ހިދުމަތްފޯރުކޮށްދޭން އެދޭ ފަރާތް/ ކްލިނިކް ޕްރޮފައިލް ( އެފަރާތަކުން ފޯރުކޮށްދޭ ނަފްސާނީ ހިދުމަތްތައް ތަފްސީލް ކޮށް އެނގޭގޮތަށް ބަޔާންކުރެވިފައިވުން)
  2. ހިދުމަތްފޯރުކޮށްދިނުމަށް އެދޭ ފަރާތް/ ކްލިނިކް ހިމެނޭ ދާއިރާއާ ގުޅޭ ތަޖުރިބާކާރުންގެ ވަނަވަރު (މަސައްކަތުގައި ލިބިފައިވާ ތަމްރީނާއި ތަޖުރިބާ، މަސައްކަތުގައި ހަރަކާތެރިވެފައިވާ އަހަރާއި މުއްދަތު ބަޔާންކުރެވިފައިވުން)
  3. ހިދުމަތް ފޯރުކޮށްދިނުމުގެ އަގު ތަފްސީލްކޮށް އެނގޭ ގޮތަށް ބަޔާން ކުރެވިފައިވާ ވުން (ސިންގަލް ސެޝަންސް ނޫނީ ތެރަޕީ ޕެކޭޖްތަކުގެ އަގު ވަކިން ބަޔާންކުރެވިފައިވުން)

ހުށަހަޅަންޖެހޭ އިތުރު ލިޔެކިޔުން

  1. ހިދުމަތްފޯރުކޮށްދިނުމަށް އެދޭ ކްލިނިކް މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީވެފައިވާކަމުގެ ލިޔުން.
  2. ހިދުމަތްފޯރުކޮށްދޭން އެދޭ ކްލިނިކުގައި މަސައްކަތްކުރާ ދާއިރާއާގުޅޭ ތަޖުރިބާކާރުންނަކީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީ ކުރެވި ޕްރެކްޓިސްކުރުމުގެ ލައިސެންސް ލިބިފައިވާ ފަރާތްތަކެއްކަން އަންގައިދޭ ލިޔުން

ޕްރޮފޯސަލް އިވެލުއޭޓްކުރުމުގައި ބަލާނެ މިންގަނޑުތައް

  1. ޓެކްނިކަލް ކެޕޭސިޓީ %30
  2. ތަޖުރިބާ/ ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު %20
  3. ހުށަހަޅާފައިވާ ޕްރޮޕޯސަލްގެ ފެންވަރު
  4. ޚިދުމަތަށް ހުށަހަޅާފައިވާ ފީ %40

އިތުރު ތަފްސީލް

 

މި ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ މަތީން އޮތޯރިޓީން ހިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ މީހުންނަށެވެ. އަދި، މި ހިދުމަތް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތަކަށް މި މަސައްކަތް ހަވާލުކުރެވޭނީ އޮތޯރިޓީއާ އެކު އެއްބަސްބެވޭ އެއްބަސްވުމެއްގެ ދަށުން އޮތޯރިޓީން ކަނޑައަޅާ މުއްދަތަކަށެވެ.

 

ވީމާ، މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 26 ފެބްރުއަރީ 2019  ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.  ސުންގަޑީގެ ކުރިން އީމޭލް މެދުވެރިކޮށް [email protected] އަށް ފޮނުވާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.

އިތުރު މައުލޫމާތު:

ފޯން: 3010551

ފެކްސް: 3010552

އީމެއިލް: [email protected]

17 ފެބްރުއަރީ 2019

 

 

17 ފެބުރުވަރީ 2019
ހޯދާ