ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ވާދައިގެ ތަށްޓަށް ބާއްވާ ޤައުމީ ތާރީޚު ސުވާލު މުބާރާތް (2)

އިޢުލާނު

 

2019ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ތާރީޚު ސުވާލު މުބާރާތުގައި ބައިވެރި ވުމުގެ ދޮރު މިހާރު ވަނީ ހުޅުވައިލައިފައެވެ. މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އިސްކޫލުތަކަށާއި، ކޮލެޖް/ޔުނިވަރސިޓީތަކަށެވެ. އިސްކޫލުތަކުގެ ބައި ބަހައިލައިފައި ވަނީ 3 ޢުމުރުފުރައަކަށެވެ. އެއީ:-

  1. 13 އަހަރުން ދަށް
  2. 13 އަހަރާއި 16 އަހަރާ ދެމެދު
  3. 16 އަހަރާ 21 އަހަރާ ދެމެދު

 

އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ވާދައިގެ ތަށްޓަށް ބާއްވާ

ޤައުމީ ތާރީޚު ސުވާލު މުބާރާތް (2) 2019ގައި ބައިވެރިވުން

(1) ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި އިސްކޫލުތަކުގެ 13 އަހަރުން ދަށް ކަމުގައި ބަލާނީ 2019ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހަށް 13 އަހަރު ނުފުރޭ ދަރިވަރުންނެވެ.

(2) ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި އިސްކޫލުތަކުގެ 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ ކަމުގައި ބަލާނީ 2019ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހަށް 13 އަހަރު ފުރި، 16 އަހަރު ނުފުރޭ ދަރިވަރުންނެވެ.

(3) ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި އިސްކޫލުތަކުގެ 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ ކަމުގައި ބަލާނީ 2019ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހަށް 16 އަހަރު ފުރި، 21 އަހަރު ނުފުރޭ ދަރިވަރުންނެވެ.

(4)  މި މުބާރާތުގައި ދަރިވަރުން ބައިވެރި ކުރަން ވާނީ ކޮންމެ އިސްކޫލަކުން އުމުރު ފުރައެއްގައި 3 ދަރިވަރުންނެވެ. ބަދަލު ދަރިވަރުންގެ ގޮތުގައި 2 ދަރިވަރެއްގެ ނަން ހުށަހެޅިދާނެއެވެ.

(5)  ކޮލެޖް/ޔުނިވަރސިޓީތަކުން ބައިވެރިވާއިރު ޔުނިވަރސިޓީ/ކޮލެޖު/އިންސްޓިޓިއުޓް/އެކެޑަމީގެ ނުވަތަ އެ ތަނެއްގައި ހިމެނޭ ފެކަލްޓީ/ސެންޓަރ ފަދަ ބައެއްގެ ގޮތުގައި ވެސް ބައިވެރި ވެވިދާނެއެވެ. ނަމަވެސް އެއް ބައިވެރިއަކަށް ދެ ޓީމެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.

(6)  ކޮންމެ ކޮލެޖް/ޔުނިވަރސިޓީއަކުން ވެސް ބައިވެރި ވެވޭނީ 3 ފަރާތަކަށެވެ. ބަދަލު ބައިވެރިންގެ ގޮތުގައި ދެ ފަރާތެއްގެ ނަން ހުށަހެޅިދާނެއެވެ.

(7)  މި މުބާރާތުގައި ބައިވެރިވާން އެދޭ އިސްކޫލް، ކޮލެޖް/ޔުނިވަރސިޓީތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ފޯމާއެކު  މުއްދަތު ހަމަ ނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ ކޮޕީ ނުވަތަ ފޮޓޯ ޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

(8)  މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ހުށަހަޅާނީ ދިވެހިބަހުގެ އެކެޑަމީގެ އިސްތިގުބާލަށް ނުވަތަ  [email protected]  އަށެވެ.

 

މުބާރާތަށް ތަކެތި ހުށައެޅުމުގެ ސުންގަޑި

 

އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ވާދައިގެ ތަށްޓަށް ބާއްވާ ޤައުމީ ތާރީޚު ސުވާލު މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ 2019 މާރިޗު މަހުގެ 3 ވާ އާދީއްތަ ދުވަހުގެ 13:30އެވެ.

 

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި، ގަވާއިދާއި މުބާރާތާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީގެ ވެބްސައިޓުން (www.dhivehiacademy.edu.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދަން މި އެކެޑަމީގެ ނަންބަރު 3028030 ނުވަތަ 3028000 ފޯނާ ގުޅުން އެދެމެވެ.

17 ފެބުރުވަރީ 2019
ހޯދާ