އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
10000 ސެކިއުރިޓީ އުރަ،6250 ޕުލްޓައިޓް ސީލް،750 ކޮރުގޭޓަޑް ޕްލާސްޓިކް ފޮށި،1500 ކޮރުގޭޓަޑް ޕްލާސްޓިކް ޓޭބަލް ޓޮޕް ވޯޓިންގ ބޫތު،650 ވޯޓުފޮށި އަދި 650 ކޯޑަން ޓޭޕްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރ: A)DC-2019/047)

އިޢުލާނު

10000 ސެކިއުރިޓީ އުރަ،6250 ޕުލްޓައިޓް ސީލް،750 ކޮރުގޭޓަޑް ޕްލާސްޓިކް ފޮށި،1500 ކޮރުގޭޓަޑް ޕްލާސްޓިކް ޓޭބަލް ޓޮޕް ވޯޓިންގ ބޫތު،650 ވޯޓުފޮށި އަދި 650 ކޯޑަން ޓޭޕްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

  1. އިލެކްޝަންސް ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 10000 ސެކިއުރިޓީ އުރަ،6250 ޕުލްޓައިޓް ސީލް،750 ކޮރުގޭޓަޑް ޕްލާސްޓިކް ފޮށި،1500 ކޮރުގޭޓަޑް ޕްލާސްޓިކް ޓޭބަލް ޓޮޕް ވޯޓިންގ ބޫތު،650 ވޯޓުފޮށި އަދި 650 ކޯޑަން ޓޭޕްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

38/2019/G-009

10000 ސެކިއުރިޓީ އުރަ،6250 ޕުލްޓައިޓް ސީލް،750 ކޮރުގޭޓަޑް ޕްލާސްޓިކް ފޮށި،1500 ކޮރުގޭޓަޑް ޕްލާސްޓިކް ޓޭބަލް ޓޮޕް ވޯޓިންގ ބޫތު،650 ވޯޓުފޮށި އަދި 650 ކޯޑަން ޓޭޕްރޯލް ސަޕްލައިކުރުން

-/20,000 ރުފިޔާ

2. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.

3. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ފެބްރުއަރީ 20 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

4. ބީލަން ހުޅުވުން އޮންނާނީ  2019 ފެބުރުއަރީ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 09 ޖުމާދަލްއާޚިރާ 1440

14 ފެބުރުވަރީ 2019
ހޯދާ