މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރު ސްކޮލަރޝިޕް 2020/2019)

އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރު ސްކޮލަރޝިޕް 2020/2019)

ޤައުމު: އިންޑިއާ

އެއިޑް ޓު މޯލްޑިވްސް ސްކީމް

ސްކީމް:

20 ފުރުޞަތު

10 ބެޗްލަރސް ޑިގްރީ

10 މާސްޓަރސް ޑިގްރީ

ކޯހުގެ އަދަދު އަދި ލެވެލް:

ސްކިލްސް ޝޯޓޭޖް ލިސްޓްގައިވާ މެޑިކަލް އަދި ފެޝަން ދާއިރާ ފިޔަވައި އެހެން ދާއިރާއެއް ޚިޔާރުކުރުމަށް      

ކޯހުގެ ދާއިރާ:

ބެޗްލަރސް ޑިގްރީ

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން (ބެޗްލަރސް އޮފް އިންޖިނިއަރިންގ ކޯސްތަކަށް ކުރިމަތިލެވޭނީ އޭ.ލެވެލް ގައި ފިޒިކްސް، ކެމިސްޓްރީ އަދި ހިސާބު ހަދާފައިވާ ފަރާތްތަކަށެވެ).

3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

މާސްޓަރސް ޑިގްރީ

- އެދިވަޑައިގަންނަވާ ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކުރައްވާފައިވުން

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. 2019 ފެބްރުއަރީ 12 ގެ ނިޔަލަށް އުމުރުން 30 އަހަރު ވެފައިނުވުން

2. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

3. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި  ޚަލާސްކުރައްވާފައިވުން.

4. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ

3. އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައިވާ އުފަންދުވަހުގެ ސެޓުފިކެޓު

4. ސްކޫލް ލީވިން ސެޓުފިކެޓު/ސެޓުފިކެޓުތައް

5. ޕާސްޕޯޓް ޑޭޓާ ޕޭޖް ކޮޕީ

6. ފުރިހަމަކުރައްވާފައިވާ "ސެޓްފިކްޓް އޮފް ފިޒިކަލް ފިޓްނަސް" ފޯމު

7. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

8. 2 އެކަޑަމިކް ރިފަރެންސް ލެޓަރ

9. ޔުނިވަރސިޓީގެ ވެބްސައިޓްގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

10. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

11. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލު ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.

12. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

- މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދެއްވުމަށް ހަމަޖެހިފައިވަނީ އަ.އިސީ.ސީ.އާރުގެ ފަރާތުންނެވެ.

- މި ސްކޮލަރޝިޕްގެ ދަށުން ދެއްވާނެ ޚަރަދުތައް އެނގޭނެ ކަރުދާހަކާއި، ސްކިލްސް ޝޯޓޭޖް ލިސްޓާއި، ސެޓްފިކެޓް އޮފް ފިޒިކަލް ފިޓްނަސް ފޯމު، މި އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައި ވާނެއެވެ.

- މި ސްކޮލަރޝިޕްގެ ދަށުން އެޑްމިޝަން ލިބޭ ފަރާތްތައް ހުންނަވަން ޖެހެނީ ޔުނިވަރސިޓީގެ ހޮސްޓެލްގައެވެ.

- އެމް.ބީ.ބީ.އެސް އަދި  ބެޗްލަރސް އޮފް ޑެންޓަލް ސަރޖަރީ، ނާރސިންގ ފަދަ މެޑިސިންއާއި ގުޅުންހުރި ކޯސްތަކާއި ފެޝަން ދާއިރާގެ ކޯސްތަކަކީ މި ސްކީމްގެ ދަށުން 'އޮފަރކުރާ' ކޯސްތަކެއް ނޫނެވެ.

- ބެޗްލަރސް ޑިގްރީއަށް ހުށަހަޅާ ދަރިވަރުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.

- ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯހަކަށް އެދިވަޑައިގަންނަވާ އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓް ތަރުތީބުކުރުމަށް ދެން ބަލާނީ އެބޭފުޅުން އެންމެފަހުން ހާސިލުކުރެއްވި ޑިގްރީއަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތް ކުރައްވާފައިވާ މުއްދަތަށެވެ.

- މި ކޯސްތަކުގެ ޕްލޭސްމަންޓް ދިނުމާއި ފައިނަލް ސެލެކްޝަންގެ އެންމެފަހުގެ ނިންމުން ނިންމާނީ  އައި.ސީ.ސީ.އާރުންނެވެ.

- މި ސްކޮލަރޝިޕަށް އެދި ހުށަހަޅާފަރާތަކީ މިހާރު އިންޑިޔާގައި ކިޔަވަމުން ދާ ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ.

- މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށްފަހު އެދިލައްވާފައިވާ ކޯސް އަދި ޔުނިވަރސިޓީ/ކޮލެޖް ބަދަލެއް ނުކުރެވޭނެއެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރަށް ހަމަޖެހޭ ކޯސް، ޔުނިވަރސިޓީ/ކޮލެޖް ބަދަލެއް ނުކުރެވޭނެއެވެ.

- ކޯހަށް ހޮވޭ ދަރިވަރުން ކޯސް ފުރިހަމަނުކޮށް ދޫކޮށްލައިފިނަމަ، އެކޯހަށް ހިނގި ޚަރަދު އިންޑިއާ ސަރުކާރަށް ދައްކަންޖެހޭނެއެވެ.

އުސޫލެއްގެ ގޮތުން މި 20 ފުރުޞަތު ބަހާލެވޭނީ ބެޗްލަރސް ޑިގްރީއަށް  10، އަދި މާސްޓާރސް ޑިގްރީއަށް 10 ފުރުޞަތަށެވެ. ނަމަވެސް އެއް ފެންވަރަކަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ކެންޑިޑޭޓުން ހުށަހަޅުއްވައިފިނަމަ، އެ ފެންވަރުން ބާކީވާޖާގަ އަނެއް ފެންވަރަށް އިތުރު ކުރެވޭނެއެވެ.

- ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.

- ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

- އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

- ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއްނުދެވޭނެއެވެ.

- ކޯސް ފުރިހަމަކުރެއްވުމަށްފަހު، މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

- ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

- ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.

- މި އިއުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެވިގެންވެއެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކުރައްވައި،  ފުރިހަމަކުރެއްވުމަށް ފުރުސަތު އެރުވުމުގެ ގޮތުންނެވެ. އަދި އޭގެފަހުން އެޕްލިކޭޝަން ހުށަހެޅުއްވުމުން އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން ފުރިހަމަކުރެއްވުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީއެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

- މި މިނިސްޓްރީގެ އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ނޮމިނޭޓްވާ ބޭފުޅުން، އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

- އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

- ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް މުހިއްމު މަޢުލޫމާތު އެކުލެވޭ، އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ދަރިވަރުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2019 ފެބްރުއަރީ 17 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ:  https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު www.mohe.gov.mv އިންނާއި 3413253 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

14 ފެބުރުވަރީ 2019
ހޯދާ