ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނ. ވެލިދޫ އިންޖީނުގޭގެ އިންޖީންރޫމް ބޮޑުކުރުމުގެ މަސައްކަތާއި ޗިމްނީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

ނަންބަރު: FNK-I/IUL/2019/036  

 

އިޢުލާން

 

ނ. ވެލިދޫ އިންޖީނުގޭގެ އިންޖީންރޫމް ބޮޑުކުރުމުގެ މަސައްކަތާއި ޗިމްނީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

       މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ނ.ވެލިދޫ އިންޖީނުގޭގެ އިންޖީންރޫމް ބޮޑުކުރުމުގެ މަސައްކަތާއި ޗިމްނީ އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

                  09 ޖުމާދަލް އާޙިރާ 1440

                   14 ފެބްރުއަރީ 2019

14 ފެބުރުވަރީ 2019
ހޯދާ