ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ލަފާދޭ ކޮމެޓީ އާއިބެހޭ

ކައުންސިލުން ނިންމާ ކަންކަމުގައި ވީހާވެސް ބޮޑަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަޤުޞަދުގައި މިކައުންސިލަށް (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލް) ލަފާދޭ ކޮމެޓީއަށް މެމްބަރުން ހޯދަން ބޭނުންވެއެވެ. މެމްބަރުން ހޯދަން ބޭނުންވާ ދާއިރާތަކާއި ޢަދަދު ތިރީގައި މިވަނީއެވެ. ތިރީގައިވާ އަދަދައްވުރެ އިތުރަށް މީހުނކުރިމަތިލައިފިނަމަ، އޭގެތެރެއިން މީހަކު ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

-         އަންހެނުންގެ ތެރެއިން 01 މެމްބަރުން

-         ޖަމްޢިއްޔާ ޖަމާޢަތްތަކުން 01 މެމްބަރުން

ރަށު ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ކުރިމަތިލާ ފަރާތަކީ، އެކައުންސިލެއްގެ މެންބަރަކާއި އާއިލީގޮތުން ގުޅިފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ. ( އާއިލީގޮތުން ގުޅިފައިވާ މީހުން ކަމަށް ބަލާނީ މަންމަ، ބައްޕަ، އަބިމީހާ/ފިރިމީހާ، ދަރިން، އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ބޭބެ/ދައްތަ/ކޮއްކޮ އެވެ.

ވީމާ، ކައުންސިލަށް ލަފާދޭ ކޮމެޓީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އެފަރާތެއްގެ ވަނަވަރާއެކު 20 ފެބުރުވަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

13 ފެބުރުވަރީ 2019
ހޯދާ