ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ދިވެހިރާއްޖެ
ސެމިނާރު އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމްގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

`     

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

    މާލެ، ދިވެހިރާއްޖެ

                                                        ނަންބަރު:198MJA-D/2019/06  

  

އިޢުލާން

ސެމިނާރު އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމްގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ ގޮތުން ކުރި މި އެކަޑަމީގެ ނަންބަރު 198MJA-D/2019/04  (ފެބުރުވަރީ 06, 2019) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ 02 ފަރާތުން ކަމަށްވާތީ، މިދެންނެވި އިޢުލާން ބާޠިލްކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި އިޢުލާން ކުރަމެވެ.

ސެމިނާރު އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމްގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް އާ ގުޅޭ ސެމިނާރެއް 2019 ފެބްރުވަރީ 19 އިން 20 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ސެމިނާރުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 13 ވާ ބުދަ ދުވަހުގެ 17:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ފެބްރުއަރީ 15 ވާ ހުކުރު ދުވަހުގެ 17:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޖުމާދިލްއާޚިރާ 1440

12 ފެބުރުވަރީ 2019

12 ފެބުރުވަރީ 2019
ހޯދާ